ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުސާނާއި ފުލުހުން ކޯޓުގެ ހުރުމަތް ކަނޑާލައި ނުފޫޒު ފޯރުވިކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބަލަނީ!

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހޯމް މިނިސްޓަރ އަލީ އިހުސާނާއި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ދެއްކެވި ވާހަކަތަކުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އެ މައްސަލަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފި އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައިގައި ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ފުލުހުންގެ އިސްވެރިންނާއި އިހުސާން ހިމެނޭހެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މުޅި ކޭސްގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.

މިނިސްޓަރ އިހުސާންގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި ފުލުހުން ވަނީ މައްސަލައިގެ ބައެއް ހެކިތައް ސީސީޓީވީ ފުލް ފުޓޭޖު ހިމެނޭހެން އާންމުކޮށްފަ އެވެ. އެ ފުޓޭޖުތަކުގައި ކުށުގެ ތުހުމަތު ކުރި މީހުން މަސްތުވާތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ވެހިކަލްތަކުގައި ދަތުރު ކުރި ގޮތާއި އެ މީހުންގެ މޫވްމަންޓުގައް ހިމެނޭ ވީޑިއޯ ހިމެނެ އެވެ.

ޕްރެޒެންޓޭޝަނެއްގެ ސިފައިގައި އެ މައުލޫމާތުތައް ފުލުހުން އާންމުކޮށް ބުނީ، ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިކަމަށެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ މިނިސްޓަރ އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް ކޯޓުގެ ހުރުމަތް ކެންޑި މައްސަލައިގައި ފަނޑިޔާރުންގެ ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ މި ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

ވަރަށް ގަދަ
24%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 41%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 6%ވަރަށް ދެރަ 24%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ފަނޑިޔާރުން ކޯފާވެ ބުއްދިފިލާވަރުވާނެކަމެއްނެތް، ތީބޮޑުވެއްޖެ މައްސަލައެއް ބޮޑެތި ކުއްވެރިން މުޖުތަމައަށް ދޫކުރުމުގައި ފަނޑިޔާރުންގެ އިހުމާލްބޮޑުވާހަކަ ރައްޔިތުން އަބަދުހެންކިޔާ.

  2. ފިނި ކޮޓަރި ދީފަ ހުރީމަ މައްސަލަ ބެލިދާނެ. އެކަމަކު ހުވާކޮށްފަ ބުނަން ކެރޭ މިރާއްޖޭގަ ހުރުމަތެއް އޮތް ކޯޓެއް ނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: