ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 އަތޮޅަކަށް އާރުޓީއެލްގެ ހިދުމަތް ފުޅާކުރަނީ!

އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މ. އަތޮޅާއި، މާލެ އާއި ދެމުދު ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށާއި ނ. ރ. ބ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ( އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މ. އަތޮޅާއި، މާލެ އާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓރ މުހައްމަދު އަމީންއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މިވަގުތު އާރުޓީއެލް ފެރީގެ ހިދުމަތްތަށް ތިން ޒޯންނެއްގައި ވަނީ ފަށާފައެވެ. ޒޯން އެކެއްގައި ފަށާފައިވަނީ ހއ، ހދ، އަދި ށ އަތޮޅުގައެވެ. ޒޯން ދޭގައި ހިދުމަތް ފަށާފައިވާ އަތޮޅަކީ ޅ އަތޮޅެވެ. ޒޯން ފަހެއްގައި ގ އަދި ގދ އަތޮޅުހިމެނެއެވެ. ފުއަމުލަކު އަދި އައްޑޫގެ ހިދުމަތްތަށް ކުރިއަށްދަނީ ޒޯން ހައެއްގެ ދަށުންނެވެ. އެމްޓީސީސީގެ މިހާރުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ރަށްތަކެއް ފެރީގެ ނިޒާމުން ގުޅާލުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: