ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަމުގައި ހުރިހާ ކަމެއް ހިނގާނީ އިންސާފުވެރިކަމާއިއެކު: ހީނާ

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ނިޒާމުގެ ތެރެއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވުމަށްފަހު އާ ޕާޓީއެއް އުފެއްދެވުމަށް، ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލަސްވަނީ ކީއްވެގެންތޯ ނޫސްވެރިންގެ ބައްދަވުންތަކުގައި މީޑިއާތަކުން ދަނީ ތަކުރާރުކޮށް ސުވާލު ކުރަމުންނެވެ.

ހީނާ ވިދާޅުވީ މި ވެރިކަމުގައި ހުރިހާކަމެއްވެސް ހިނގާނީ މިނިވަންކަމާއި އިންސާފުވެރިކަމާއިއެކުކަމަށެވެ. އަދި ކޯޓުތަކުގެ މަސައްކަތް އަވަސްވުމަކީ އުއްމީދުކަމަށް ވިދާޅުވި އެވެ.

މި ނިޒާމު ފުރިހަމަކުރުމަށް ރައީސް މުއިއްޒުވެސް ބޭނުންވާކަމަށާއި، ނަމަވެސް ވަކި މީހަކަށްވުމުން ޝަރީއަތް އަވަސްކޮށް ނުވަތަ ލަސް ކުރުމަށް ރައީސް މުއިއްޒު އިރުޝާދު ނުދެއްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

މައްސަލަ ކުރިއަށް ނުދަނީ ކީއްވެގެންތޯ ބެލުމުގެ ފުރުސަތު އެންމެންނަށްވެސް އެބައޮތްކަމަށް ހީނާ ވިދާޅުވިއެވެ. އަދި ކޯޓުތަކަށް އެ މައްސަލަ ހުށައެޅުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ވިދާޅުވިއެވެ. ގާނޫނީ ވަކީލުންގެ މަސްއޫލިއްޔަތު މިކަމުގައި އޮތް މިންވަރު ހީނާ ފާހަގަކުރެއްވިއެވެ.

ކޮންމެ މީހަކަށްވެސް އެ މީހެއްގެ މައްސަލައަކާއި ގުޅިގެން އެ ހަސްމަކަށް ނުވަތަ ވިކްޓިމްއަކަށް ނުވަތަ އެ މީހެއްގެ ގާނޫނީ ޓީމަށް އެކަން އަވަސް ކުރުމަށް ނުވަތަ އެކަން ކުރިއަށް ނުދަނީ ކީއްވެގެންތޯ ބެލުމުގެ ފުރުސަތު އެބައޮތް.

ހީނާ ވިދާޅުވިއެވެ.

މިފަދަ ކަންކަމަށް ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާނެކަމަށް ތަކުރާރުކޮށް ހީނާ ވިދާޅުވިއެވެ. އަދި އިންސާފުވެރިކަން އިހުތިޔާރު ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ، ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅުއްވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: