ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތަށް މިހާރު ވެސް ނުފޫޒު ފޯރުވަމުން ދަނީ އެމްޑީޕީ: ޝިޔާޒް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވައި، އިސްތިއުނާފީ މަރުހަލާއަށް ނުފޫޒު ފޯރުވައި މިހާރު ވެސް އެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީކަމަށް އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ޝިޔާޒް މިއަދު ވިދާޅުވީ ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ހަގީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓުތަކެއްގެ މައްޗަށް ތުހުމަތުތަކެއް ކުރަން ފެށީ އެމްޑީޕީކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލައި ކުރި ހުކުމާއި، ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލި ޖިނާއީ ދައުވާތައް އެއީ އޭރު އޮތް އެމްޑީޕީ ސަރުކާރުން ރާވައިގެން ހިންގިކަމެއްގެ ގޮތުގައި ޝިޔާޒް ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި އެމަނިކުފާނު ބަންދުގައި ބެހެއްޓީ، އެމްޑީޕީން 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާތީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މާޔޫސްކޮށް ބަލިކަށިކޮށްލުމުގެ ގޮތުން ކަމަށެވެ. އޭރު ފޯރުވި ނުފޫޒުތަކޭ އެއްގޮތަށް، މިހާރު ވެސް ރައީސް ޔާމީންގެ ޝަރީއަތްތަކަށް ބާރުފޯރުވަނީ އެމްޑީޕީކަމަށް ޝިޔާޒް ތުހުމަތު ކުރެއްވި އެވެ. މަޖިލީހުގައި އެމްޑީޕީގެ އަތުގައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައީސް ޔާމީންގެ އަބުރު ކަތިލައި ސިޔާސީ ފައިދާ ނަގަމުން ދަނީ ވެސް އެމްޑީޕީކަމަށް ޝިޔާޒް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތަކައި، ދަށު ކޯޓުގައި ކުރިޔަށްދާ ފުއްގިރި ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ. ރައީސް ޔާމީނަށް އުފުލާފައި ވަނީ ނުހައްގު ދައުވާތަކެއްކަމަށް ތުހުމަތުކޮށް އެމްޑީޕީއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެވެ. އަދި މިދިޔަ އަހަރުގެ ވަކި ހިސާބަކުން ޝަރީއަތްތައް މަޑުޖެހުމުން ދިޔައީ ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ގެއްލުވާލަންކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އައު ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ރައީސް ޔާމީން މިނިވަންކުރުންކަމަށްވާއިރު، އެ ވައުދު ނުފުއްދާކަމަށް ބުނެ ފާޑުކިއުން އަމާޒުވުމުން ސަރުކާރުން ބުނެފައި ވަނީ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށެވެ. އަދި އެމަނިކުފާނު އަދިވެސް މިނިވަން ނުވެ ހުންނެވީ އެމްޑީޕީގެ މެޖޯރިޓީ އެކި އިދާރާތަކަކުގައި މަޖިލިސް ހިމެނޭހެން އޮތުމުންކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން ހިމެނޭއިރު އެމްޑީޕީން ދަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވުން ކެމްޕެއިނުގެ ޓޫލްއެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.

ސަރުކާރުން އެމަނިކުފާނު މިނިވަން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް، ރައީސް ޔާމީން ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެކަމަކު އެ ވާހަކަތައް ސަރުކާރާއި އިސް ބޭފުޅުން ދޮގު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: