ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މުހިންމު: ނައިބު ރައީސް

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މުހިންމު: ނައިބު ރައީސ، ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރަށް މިހާރު ބޭނުންވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ފާތިމަތު ސައުދާގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، މަޖިލީހަކީ ސަރުކާރަށް މުހިންމު އަދި ރައްޔިތުންނާއި ގުޅުން ހުރި ބުރަ މަސައްކަތެއް ކުރާ ތަނެއް ކަމަށެވެ. އެގޮތުން ހަލުވި ސްޕީޑުގައި ރާއްޖެ އަށް ތަރައްޤީ ގެނެސްދިނުމަށް  މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިހާތަނަށް ރައްޔިތުން އަމަލުކުރަމުން އައީ ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ މީހުން ދައްކާ ވާހަކަތައް އަޑުއަހައި އެކަން ގަބޫލުކޮށްގެން، އެ ފިކުރާ އެއްގޮތަށް ވޯޓުލަމުން ކަމަށެވެ. އެގޮތަށް ވިސްނައިގެން ވޯޓުލުމުން ނަތިއްޖާ ނިކުމެގެން އައި ގޮތާމެދު ސުވާލު އުފައްދައި، ނައިބު ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އެ ލިބުނު އާރަކާއި ބާރެއް ހިފައިގެން ރައްޔިތުނަށް ކުޑަކޮށްވެސް ތަރައްޤީގެ ފުރުސަތުގެ ބޭނުމެއް ނުހިފުނު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުން ހުރީ މަޖިލީހުގެ ބޭނުން ހިފައި ރައްޔިތުންނަށްޓަކައި ތަރައްޤީ ގެނައުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“ހަމައެކަނި ދެން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް. އެ މަނިކުފާނުގެ ސްޕީޑުގައި އެ މަސައްކަތް ކޮށްދެއްވާނެ. ހުށަހަޅާ ބިލްތަކާއި ރަނގަޅު ބަހުސަކާއި ރަނގަޅު ދިރާސާތަކަކާ އެކު އެ މަނިކުފާނު އެނބުރި އެ މަނިކުފާނު ބޭނުންވާ ގޮތަށް ތަންފީޒު ކުރުމަށް އަތްޕުޅަށް ލިޔުން،” ނައިބު ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒުއަކީ ކެރުންތެރިކަމާއި، ތެދުވެރިކަމާއި އިހުލާސްތެރި އަދި ދެގޮތެއްނުވާ ލީޑަރެއްކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ވެރިކަމަށް އިންތިހާބު ކުރުމަށް ފަހު  ދޫކޮށް ނުލައްވާނެކަން ޔަގީން ކުރައްވާ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

” އެއީ މިފަދަ ވެރިއެއް މަދުން ނޫނީ ނުލިބޭނެ،،،،،ރައްޔިތުންނާއި އިޙުލާސްތެރިކޮށް …ތި ބޭފުޅުންނާއި ބައްދަލުވާ ކޮންމެ ފަހަރަކު.. އެބޭފުޅާގެ މޫނު މައްޗަށް ބަލައިލީމަ އިނގޭނެ އެ ބޭފުޅާގެ ތެދުވެރިކަން” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއް އޮތްކަމުގައި ވީނަމަވެސް އެމް.ޑީ.ޕީ އަކީ އެ ނިޒާމަށް ފަރިތަބައެއް ނޫންކަމަށެވެ. އެމްޑީޕީއަށ ްރިޔާސީ ނިޒާމުގެ ވާހަކަ ދައްކާކަށް ނޭނގޭކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ވެރިކަން ކުރަން ނޭނގޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: