ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހިތްހަމަ ނެޖެހުންތައް އެއްފަރާތް ކުރަން އޮތް ފުރުސަތު، އާއިލާއަށް ބެލުމެއް ނެތި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓުދީ: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އީދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ހިތްހަމަ ނުޖެހުންތައް އެއްފަރާތް ކުރަން ލިބޭ ފުރުސަތު ކަމަށާއި އާއިލާއަށް ބެލުމެއް ނެތި ވޯޓު ދޭންވީ ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއއިްޒު ވިދާޅުވެއްޖެއެވެ.

“ދިވެހީންގެ ރާއްޖެ މަޖިލީހަށް” ކެމްޕެއިންގައި ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ތިން ދާއިރާގެ ކެންޑިޑޭޓުންނަށް ހާއްސަ ކޮށްގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެކިއެކި ކަންކަމާއި ގުޅިގެން އެންމެންގެ ތެރޭގައި ވެސް ހިޔާލްތަފާތުވުންތަކާއި، ހިތްހަމަ ނެޖެހުމާއި އެ ނޫން ވެސް އެކި ކަހަލަ މައްސަލަތައް ހުންނާނެ ކަމަށެވެ.

ނަމަވެސް އަންނަ އާދީއްތަ ދުވަހަކީ ހިތްހަމަ ނުޖެހުންތައް އެއްފަރާތް ކުރަން ލިބޭ ފުރުސަތު ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

“އަޅުގަނޑުމެންގެ ތެރޭގަ ހުރި ހުރިހާ ހިޔާލުތަފާތުވުމެއް ދޫކޮށްލަން އެބަޖެހޭ. އެއީ އާއިލީގޮތުން މިސާލަކަށް ހުރެދާނެ އަޅުގަނޑުމެންގެ ކެންޑިޑޭޓު ހުއްޓަސް، އަޅުގަނޑުމެންގެ އާއިލާގެ ތެރެއިން ހުރެދާނެ އަނެއް ޕާޓީ މީހަކު ނުކުމެފަ. ދޫކޮށްލައްވާ، އާއިލާއެއް ނޫން މިވަގުތު އެކަހަލަ ހާލަތްތަކުގަ އިސްކުރަން ޖެހޭނީކީ،” ރައީސް 

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުން ވެސް ފެނިގެން ދިޔައީ އާއިލާއާއި، އެކުވެރިންނާއި އެ ނޫން ވެސް އެހެން މީހުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ގައުމީ މަސްލަހަތު އިސްކުރި މަންޒަރު ކަމަށާއި ސަރުކާރުން ތާއިދު ކުރާ ހުރިހާ ކެންޑިޑޭޓުން އިންތިހާބު ކޮށްފިނަމަ ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ކުރިއަށް މިއޮތީ އުފާވެރި ދުވަސްތައް އިރާދަކުރެއްވިއްޔާ. އެހެންވީމަ ކީއްކުރަންތޯ އަޅުގަނޑުމެން ވަގުތު ބޭކާރުކޮށްލަންވީ. އެހެންވީމަ 21 ވަނަ ދުވަހު އަޅުގަނޑުމެންގެ 93 ދާއިރާއަށް ކުރިމަތިލައްވާފައިވާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައިދެއްވަންވީ،” ރައީސް

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި ވޯޓުލާއިރު ވިސްނަންވީ ތިން ކަމަކަށް ކަމަށާއި، އެއީ ތަރައްގީއާއި، ގައުމުގެ ހަމަޖެހުމުގެ އިތުރުން ރައްކާތެރިކަން ކަމަށެވެ. އެގޮތުން އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު ތިބެގެން ކަމަށެވެ. އަދި މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވައި ގައުމުގެ ހަމަޖެހުން ގާއިމް ކުރުމުގައި އެންމެ މުހިންމު ދައުރު އަދާ ކުރަން ޖެހޭ ބާރު ކަމަށާއި އެހެންކަމުން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު އިންތިހާބު ކުރުމަށް ސަރުކާރުން ތާއިދު ކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: