ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުނގަޑުމެންގެ ސިޔާސަތެއް ބަދަލެއް ނުވާނެ: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް، ޕީއެންސީން ވެރިކަމަށް އައުމަށް ފަހު ދިވެހި ގައުމު ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ސިޔާސަތު ބަދަލު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޏ. ފުވަމުލަކުގައި ޕީޕީއެން/ ޕީއެންސީން ބޭއްވި “ދިވެހީންގެ ރާއްޖެ މަޖިލީހަށް” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދަތި އުނދަގޫ ތަކާއެކުވެސް މަސެއްކަތް ކުރިއަށް ދާނެ ކަމަށާއި އަދި އެމަނިކުފާނުގެ ސިޔާސަތައް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުން އިސްކުރާ އަދި ދިވެހީންނަށް ރަނގަޅުގޮތް އިޙްތިޔާރު ކުރާ ކޮންމެ ގޮތަކީވެސް ދިވެހިރާއްޖެއަށް ރަނގަޅު ގޮތް ކަމަށެވެ. އެގޮތަށް އެހީވެދޭ ކޮންމެ ގައުމަކީ ގާތް ރަޙްމަތްތެރި ޤައުމުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުނގަޑުމެންނާއި ވެރިކަން ހަވާލުވިއިރުގަ….އެންމެ ދެ މިލިއަން ޑޮލަރު ދިވެހިރައްޔިތުންގެ ލޯނު ދައްކަން… ބޭރުގެ ލޯނުދައްކަން ހުންނަ އެކައުންޓުގަ،..އެކަމަށް ހާއްސަ ކުރެވުނު ސޮލިޑް އެކައުންޓް ފަންޑްގައި ހުރީ…އެހެން ނަމަވެސް މިދެންނެވި ގޮތަށް….. އަޅުނގަޑުމެންގެ އާންމުދަނީ އިތުރު ކުރަމުން މިހާރު އެ އެކައުންޓްގައި އެ ހުރީ ތިރީސް ފަސްމިލިއަން ޑޮލަރަށް ވުރެން ގިނައިން ޖަމާކޮށްފަ.” ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ ފަސް އަހަރުގައި، ބޭރުގައުމުތަކުން ނަގާ ލޯނުތަކުން 70% / 80% ލޯނު ނެގި ކުންފުނިތަކަށް ލިބޭގޮތަށް އެއްބަސްވުންތައް ހަދާފައިވާ ކަމަށާއި، އަދި އެކަމަކީ ދޮގު ނުކުރެވޭނެ، ލިޔެކިއުންތައް ފެންނަންހުރި ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެމަނިކުފާނުގެ ސިޔާސަތަކީ މި އަހަރުގެ ތެރޭގައި އިންފުރާސްޓްރަކްޗާގެ ބިޔަބޮޑު މަސައްކަތް ފެށިގެން ދިޔުން ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެން ދާނެކަމަށަވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކި ކަހަލަ އިންފުރާސްޓްރަކްޗާގެ މަސައްކަތްތަކުގައި ސޮއިކުރެވި މަސެއްކަތް ފެށިގެން ދިއުމުން، އެ މަސައްކަތްތަކަށް ހޭދަކުރާ ފައިސާ، އެކި ކަހަލަ ސަބް ކޮންޓޮރެކްޓް ހެދުމަށްފަހު ދިވެހި ކުންފުނިތަކަށް ދެވިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިވެހި ކުންފުނިތަކަށް ފައިދާ ލިބިގެން ދާނެ ކަމަށްވެސް ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: