ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހާއި ސަރުކާރުން ދަމާ ވާގަނޑު ކަނޑައިގެން ދިޔާއީމަ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މަޖިލީހުގެ މެޖޯރިޓީ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް އޮތުމުން ފެންނަމުންދާ މަންޒަރަކީ ” ވާދަމާ” މަންޒަރު ކަމަށާއި އެ ވާދަމަނީ މަޖިލީހާއި ސަރުކާރުން ކަމަށާއި އަދި ވަލުގެ މެދުގައި ތިބީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ދިވެހީންގެ ރާއްޖެ މަޖިލީހަށް” ޕީޕީއެމް، ޕީއެންސީން ކުރަމުން ގެންދާ ކެމްޕެއިންގެ ތެރެއިން ފުވައްމަލު ސިޓީ އަށް ވަޑައިގެން އެ ސިޓީގެ ތިން ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި ދެކޮޅަށް ހަމަނުޖެހުން އުފައްދާ ތަނަކަށްވެ، ގައުމު އެއްކޮށް ހުއްޓުވުމަކަށް ގެންނަ ތަނަކަށް ވެގެން ނުވާނެކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރާ މެމްބަރުންނަކީ އެފަދަ ވިސްނުމުގެ ބަޔަކަށްވެގެން ގޮސްފިނަމަ، ކަންކަން ވެގެންދާނެ ގޮތް ހުރިހާ ރައްޔިތުންނަށް ވެސް ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 “މި ހީވަނީ ވާ ދަމަން އުޅޭހެން…. ވަލެއްގެ އެއްކޮޅުގައި މަޖިލީސް ސަރުކާރު އަނެއްކޮޅު އޮވެގެން ދަމަނީ….. ވަލަކީ ރައްޔިތުން…. ދެން ދަމާ ދަމާ ރައްޔިތުން ނޫންތޯ ވާގަނޑު ދިޔައީމަ.. ކަނޑައިގެން ދިޔައީމަ… ރައްޔިތުން ނޫންތޯ އެއްކޮށް ބިކަވެ…. ހުރިހާ ގެއްލުމެއް ކުރިމަތިވެ…ހުރިހާ ދެރައެއް މި ލިބެނީ….. ” ރައީސް 

މީގެ އިތުރުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް މަޖިލިހުގެ މެޖޯރިޓީ ލިބިއްޖެނަމަ ތަރައްޤީގެ މަސައްކަތަށް އެހީތެރިކަމެއް ނުލިބޭނެ ކަމަށެވެ. ކުރިން ބަސްމަގު ހުރި ގޮތަކީ ސަރުކާރު ޒިންމާދާރު ކުރަން ގޮވާލުން ނަމަވެސް މިހާރު ފެނިގެންދަނީ އެ މަންޒަރު ނޫން ކަމަށާއި ފެންނަމުންދާ މަންޒަރަކީ ސަރުކާރަށް އެއްބާރުލުން ނުދީ، ސަރުކާރު ބަދަލުކުރަން މަސައްކަތްކުރާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

“ސަރުކާރު ބަދަލުކުރަން، ބަޣާވާތްކުރަން، އަޒުލުކުރަން،” މިފަދަ ލަފްޒުތައް މިހާރު ބޭނުން ކުރަމުން ދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއީ ޑިމޮކުރެސީގެ ހަމައެއް ނޫންކަމަށެވެ. އަދި މި ހަމަ ނުޖެހުމުގެ ތެރެއަށް ގައުމު ދޫކޮށްލަން ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ގައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: