ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީ!

ފުވައްމުލަކުގެ ތިން ދާއިރާ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފުވައްމުލައް ދާއިރާތަކުގެ ތިން ގޮނޑި ވެސް ސަރުކާރުގެ މައި ޕާޓީ ޕީޕަސްލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކާމިޔާބުކޮށްފި އެވެ.

ވާދަވެރި ބޮޑު ކެމްޕެއިނަކަށް ފަހު އާދީއްތަ ދުވަހު ނެގި ވޯޓުގައި، ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ހަމަދު އަބްދުﷲ އެވެ. އަދި ފުވައްމުލަކު މެދު ދައިރާގެ ގޮނޑި އަލީ ފަޒާދު ކާމިޔާބު ކުރިއިރު، ދެކުނު ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިބްރާހިމް ހުސެއިނެވެ.

އިބްރާހިމް ހުސެއިން ގޮނޑި ކާމިޔާބު ކުރީ، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމާއި ވާދަކޮށެވެ. އަދި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ފަޒާދަކީ 18 ވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރި މެމްބަރެވެ.

ފުވައްމުލަކު އުތުރު ދާއިރާއަށް އެމްޑީޕީން އެއްވެސް ކެންޑިޑޭޓަކު ނެރެފައި ނުވާއިރު، އިންތިހާބަށް ތިން ދުވަހަށްވެފައިވަނިކޮށް އެ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފް ކެންޑިޑޭޓު މުހައްމަދު ޝަރަފުއްދީނަށް ތާއީދުކޮށްފަ އެވެ.

މި އިންތިހާބުގައި ސަރުކާރުން ހީކުރި ވަރަށް ވުރެން ވެސް ބޮޑު ކާމިޔާބީއެއް ހޯދިއިރު ވަގުތީ ނަތީޖާތައް ދައްކާގޮތުން ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: