ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވުނު!

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ހަފްތާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑުތަނުން ނާކާމިޔާބު ވެއްޖެ އެވެ.

39 ދައިރާއަކަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އޭގެ ތެރޭގައި މިހާރު ވެސް ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ ހަތް މެމްބަރުން ހިމެނެ އެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ އިތުރު ދައުރަކަށް އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ލަތީފް، ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރުމަށް ހުސެއިން ފިރުޝާން، މާފަންނު އުތުރު ދައިރާއަށް އިމްތިޔާޒް ފަހުމީ ހިމެނެ އެވެ. އީވާއާއި، އިންތިއަށް ދާއިރާގެ ގޮނޑި ގެއްލުނީ 15 އަހަރަށް ފަހު އެވެ.

މިހާރުގެ މަޖިލީހުގައި ތިއްބެވި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން އިތުރު ދައުރަކަށް ވާދަ ނުކުރައްވަ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކަށް ވާދަކުރެއްވި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހިމެނެ އެވެ.

ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވައިގެން ހުންނެވުމަށް ފަހު، ދާދިފަހުން އެނބުރި ވަޑައިގެން ރައީސް ނަޝީދު ވަނީ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ޑިމޮކްރެޓްސްއަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް 15،000 ވޯޓާއި އެކު 7 އިންސައްތަ ލިބުނު ޕާޓީއެކެވެ. އޭގެ ފަސް މަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 32%ވަރަށް ގަޔާވޭ 53%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: