ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކޮށް، އަދާކުރާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް ކުރިއަށްގެންދިޔަ ރެލީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާ މަޖިލީހަކަށް ހަދާނެކަމަށް އެމްޑީޕީން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގައި ޕާޓީން އުންމީދު ނުކުރާ ގޮތަކަށް ނިކުތް ނަތީޖާއާއި އެކު އެ ޕާޓީން ބުނަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރާނެކަމަށެވެ. އެގޮތުން މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ މައްޗަށް އެކި ތުހުމަތުކޮށް ޕާޓީން އިންތިހާބުގެ ކެމްޕެއިނުގައި ބުނަމުން ދިޔައީ ދޮގުތަކެއް ހަދައިގެން އައި މި ސަރުކާރަށް ރައްޔިތުން އެއްވެސް އަޣުލަބިއްޔަތެއް ނުދޭނެކަމަށާއި، އެކަން ފެންނާނީ މަޖިލިސް ތެރެއިން ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލިސް ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ކާމިޔާބު ކުރިއިރު އެމްޑީޕީއަށް ލިބިފައި ވަނީ ވަގުތީ ނަތީޖާތައް ދައްކާގޮތުން އެންމެ 15 ގޮނޑި އެވެ. އަދި ސަރުކާރުން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގައި އެމްޑީޕީ އިސް ބޭފުޅުންނާއި، މިދިޔަ 15 އަހަރު މަޖިލިސްގައި އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރި މެމްބަރުންގެ މައްޗަށް ކުރި ޕީއެންސީ ވަނީ ކުރި ހޯދާފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި، މަޖިލިސް ރައީސް މުހައްމަދު އަސްލަމް ހިމެނެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީން އެދެނީ 20 ވަނަ މަޖިލީހަކީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާ މަޖިލީހަކަށް ވުންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށްވާއިރު އިންތިހާބުގެ ގޮނޑި ލިބުނު ހުރިހާ މެމްބަރުން ވެސް އެ މަސްއޫލިއްޔަތު އަދާކުރާނެކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީން ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ވަކާލާތު ކުރާ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

ބަޔާނުގައި އެމްޑީޕީން އެއްވެސް ވަރަކަށް، ނާކާމިޔާބީއާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވެ އެވެ. އަދި ޕާޓީގެ ކުރިމަގަށް ކުރާނެ މަސައްކަތަކުގެ ތަފްސީލެއް ދީފައިނުވާއިރު ބެލެވޭ ގޮތުގައި ޕާޓީގެ ފަރާތުން މިކަމާ ގުޅޭގޮތުން މީޑިއާތަކާ ބައްދަލު ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: