ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

70 އަށް ވުރެ ގިނަ ގޮނޑިއާއި އެކު ސަރުކާރަށް މަޖިލިސް ސުޕަ މެޖޯރިޓީ!

ދިވެހީންގެ ރާއްޖެ މަޖިލީހަށް ކެމްޕޭން ނިންމާލުން ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ 73 ގޮނޑި ކާމިޔާބުކޮށްފި އެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީގެ ދަށުން އިންތިހާބުތައް ބާއްވަން ފެށިފަހުން މިއީ މިހާ ގިނަ އަދަދަކަށް އެއް ޕާޓީއަކަށް ބޮޑު ސުޕަ މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ. 19 ވަނަ މަޖިލީހުގެ 87 ދާއިރާއެއްގެ ތެރެއިން އެމްޑީޕީ 67 ގޮނޑިއާއި އެކު އޭރު މެމްބަރުން އިންތިހާބުވެގެން އައި ނަމަވެސް އޭގެ ތެރެއިން މަދު މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުންގެ މައްޗަށް މި ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފަ އެވެ.

މަޖިލީހުގެ ގިނަ ދުވަސްވީ އެމްޑީޕީގެ މެމްބަރުންގެ ގޮނޑި ދިފާއު ނުކުރެއްވި ގެއްލުނުއިރު، މީގެތެރެއިން ބައެއް ދާއިރާތައް މީގެ ކުރިން ބެލެވިފައި އޮތީ ވެސް އެބޭފުޅުންގެ ނުފޫޒު އޮތް ދާއިރާތަކެއްގެ ގޮތުގަ އެވެ.

އިންތިހާބުގެ ޖުމްލަ ނަތީޖާ އަދި މިހާތަނަށް ކަށަވަރު ނުކުރެވުނު ނަމަވެސް، ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން ޕީއެންސީ ވަނީ 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގައި އެމްޑީޕީއަށް ލިބުނުކަމަށް ދައްކަނީ 14 ގޮނޑި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް މި އިންތިހާބުގައި ކާމިޔާބު ނުކުރެވުނެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދުގައި ނިކުތް ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ލިބުނީ އެންމެ ކެންޑިޑޭޓަކަށެވެ.

20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ. ސަރުކާރުން އިންތިހާބުގައި އަމާޒު ހިފީ ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކުރުމަށެވެ.

މަޖިލިސް އިންތިހަބު ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުގައި އެންމެ ބޮޑަށް ފާހަގަކުރަމުން ދިޔައީ ވައުދު ފުއްދައި ސިޔާސަތު ތަންފީޒު ކުރުމަށް ރައްޔިތުން އެއްބާރުލުން ދިނުމަށެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: