ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާނަށް މަޖިލިސް ގޮނޑި ކާމިޔާބު ކުރެވޭ ގޮތެއް ނުވި!

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް، ނާކާމިޔާބުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ، އިމްރާނާއި އެކު ޕާޓީގެ އިތުރު ތިން މެމްބަރަކު އިންތިހާބުގައި ވާދަކުރި އެވެ. އެހެން ނަމަވެސް އެ ހުރިހާ ބޭފުޅުންނަށް ވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ.

އެ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ނިކުތީ ވައިކަރަދޫ ދާއިރާއަށް ހުސެއިން ސަގީފް އާއި މަކުނުދޫ ދާއިރާއަށް އިމްރާން އަދި ފުނަދޫ ދާއިރާއަށް އިސްމާއިލް ހަމީދުގެ އިތުރުން އިނގުރައިދޫ ދާއިރާއަށް އިސްމާއިލް އަލީ އެވެ. އަދާލަތު ޕާޓީގެ މެމްބަރު އަލީ ޒާހިރު އަމިއްލަ ގޮތުން ވ. ފެލިދޫއަށް ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރި ހޯދީ ޕީއެންސީ މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އަދާލަތަށް މިހާތަނަށް ލިބުނު ހަމައެކަނި ގޮނޑިއަކީ 18 ވަނަ މަޖިލީހުގައި މަކުނުދޫ ދާއިރާގެ ގޮނޑި އެވެ. އޭރު ދާއިރާގެ މެމްބަރަކަށް ހުންނެވި އަނާރާ ނައީމް ވަނީ އަމިއްލަ ގޮތުން ކ. ހުރާ ދާއިރާއަށް ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އަދާލަތު ޕާޓީއަކީ ބޮޑެތި އިންތިހާބުތަކުގައި ވާދަ ނުކުރާ ޕާޓީއެކެވެ. އެކަމަކު އެ ޕާޓީން ވަނީ މީގެ ދިހަ އަހަރު ފަހުން ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: