ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ތާއީދުގައި ނިކުތް އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބު ނުކުރެވުނު

މަޖިލިސް އިންތިހާބުގެ ވޯޓަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ޕީއެންއެފްގެ ރައީސް ޒޭން އަބްދުﷲ ޔާމިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލު ކުރުމުގެ ބަހުސްތަކާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވެސް ނާކާމިޔާބުވެއްޖެ އެވެ.

93 ދާއިރާއަށް 360 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 70 އަށް ވުރެ ގިނަ ގޮނޑިއާއި އެކު ސަރުކާރުގެ މައި ޕާޓީ ޕީއެންސީ ވަނީ ސުޕަ މެޖޯރިޓީ ނަގާފަ އެވެ. މިއީ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ރާއްޖޭގައި އިންތިހާބުތައް ބާއްވަން ފެށި ފަހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ސަރުކާރަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި އޭރު އެމްޑީޕީގެ ސަރުކާރުން ސުޕަ މެޖޯރިޓީ ނެގީ 87 ދާއިރާއަކުން 67 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އެކަމަކު ދައުރު ނިމިގެން ދަނީ، އެތެރޭގައި އުފެދުނު ކޯޅުންތަކުގައި ޖުމްލަ އަދަދު 50 އަށް ދަށްވެގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނުރުހުންވެ ޔާމީން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ތާއީދުގައި 40 އެއްހާ ކެންޑިޑޭޓުން މަޖިލީހަށް ވާދަކުރި އެވެ. އެކަމަކު ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ދެވަނަ ލިބޭ މިންވަރަށް ވެސް ވާދަވެރި ނަތީޖާއެއް ދެއްކިފައި ނުވެ އެވެ.

މި އިންތިހާބުގައި ރައީސް ޔާމީން ޖެއްސެވި ހިސާބަކީ، ސަރުކާރަށް އެކަށީގެންވާ އަދަދަށް ގޮނޑި ލިބޭނެކަމަށެވެ. އެކަމަކު އޭގެ ކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރަައީސް މުއިއްޒަށް މި އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށެވެ.

ރައީސް ޔާމިންގެ ބޮޑެތި ހިތްހަމަނުޖެހުން ހުރިއިރު، ވޯޓަށް ފަހު ވެސް މީޑިއާތަކާއި ބައްދަލު ކުރައްވައި ރައީސް ޔާމީން ވަރަށް ބޮޑެތި ފާޑުކިއުން ސަރުކާރަށް އަމާޒު ކުރި އެވެ. އަދި ތަފާތު އެކި ތުހުމަތުތައް ކުރައްވައި ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވުމަށް ފަހު އެމަނިކުފާނު ވަނީ ބައެއް އާންމު ހަރަކާތްތަކުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނަށް ފާޑުވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: