ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާގެ މައްސަލަތައް ގާނޫނެއް އެކަނި ގެނެސްގެން ހައްލު ނުކުރެވޭނެ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދިމާވެފައިވާ ސިއްހީ މައްސަލަތައް ހައްލުވާން އޮތީ ގާނޫނަށް އިސްލާހުތައް ގެނެސްގެން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުވައި ބިލުތައް ހުށަހަޅާއިރު، އިބްރާހިމް ރަޝީދު ވިދާޅުވީ ބޭނުން ވަނީ ބަލި އެނދުގައި އޮތް މީހާއަށް ވެސް ގޭގައި ރަނގަޅު ފަރުވާއެއް ދެވޭނެ ގޮތަށް އިންތިޒާމު ހަމަޖެހިގެން ދިއުން ކަމަށެވެ. ރަނގަޅު ބޯހިޔާވަހިކަމަކާއި އެކު ސާފުތާހިރު ދިރިއުޅުމެއް ކޮންމެ މީހަކަށް ވެސް ހައްގުވާކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާއި ވަސީލަތްތައް ރައްކާތެރި އެކަށީގެންވާ ރަނގަޅު ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ގައުމީ ނިޒާމެއް ގާއިމު ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި މެމްބަރު ވިދާޅުވީ މީގެ ކުރިން ވެސް ހަމަ މި މަސައްކަތަށް ހެލްތް ވޯކަރުން ވެސް ތިބިކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރުގެ ވާހަކަތައް ދެކެވޭތާ އެތައް ދުވަހެއްވެފައިވާކަމަށާއި، އެކަމަކު މިހާތަނަށް އައިއިރު ވެސް ހޮސްޕިޓަލްތަކުން ދެވެން ހުރީ ކިހާ ފެންވަރެއްގެ ހިދުމަތެއްކަން އެނގޭނެ ގޮތެއް ނެތްކަމަށެވެ. މިސާލެއްގެ ގޮތުގައި މައި ހޮސްޕިޓަލް އައިޖީއެމްއެޗް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތަނުގެ ކެޕޭސިޓީއަކީ ކޮބައިކަމާއި އެއް ފަހަރާ ވަކިވަކި ދާއިރާތަކުން ފަރުވާދީ ސާޖަރީ، އޮޕަރޭޝަން ކުރެވޭނެ އަދަދު ނޭނގޭ ކަމަށެވެ.

ރާއްޖޭގައި ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަން ވެސް އެބަހުރި… އެކަމަކު މިއަދާއި ހަމައަށް ވެސް އެއީ ކޮން ކެޕޭސިޓީއެއްކަމެއް… އައިޖީއެމްއެޗުން ފަރުވާ ދެވޭނީ ކިތަށް މީހުންނަށްކަމެއް ނޭނގޭ.. ފަރުވާގެ އިހުމާލުގައި އެތައް ބަޔަކު މަރުވެގެން އެބަދޭ.. ފުރާނަތައް ވެސް އެބަދޭ..

އިބްރާހިމް ރަޝީދު ވިދާޅުވީ ސިއްހީ ހިދުމަތުގެ ތެރެއިން އިންތިހާއަށް އިހުމާލުގެ މައްސަލަތައް އެބަހުރިކަމަށާއި، މީހުންގެ ފުރާނަ ގެއްލިގެން ދާއިރު ވެސް ފިޔަވަޅެއް ނާޅާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: