ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާނާތްތެރިކަމާއި ވަފާތެރިކަން ދެއްކި މެމްބަރުންގެ ކަންފަތްމަތީ ޖަހައި ކުރީ ބޭރު: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާނާތްތެރިކަމާއި ވަފާތެރިކަން ދައްކައި މަޖިލީހުގައި ކުރި މަސައްކަތަށް ބައެއް ދާއިރާތަކުގެ ރައްޔިތުން މެމްބަރުގެ ކަންފަތްމަތީ ޖަހައި ހޮވީ އެހެން ކެންޑިޑޭޓެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީއެއް ކާމިޔާބު ކުރިއިރު، ގިނަ ދުވަސްވީ ނުފޫޒު ގަދަ މެމްބަރުންގެ ދައުރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެ ދާއިރާއަށް އެހެން އިތުރު މެމްބަރަކު ނުހޮވޭނެކަމަށް ވެސް ބައެއް މީހުން ދެކުނު ދާއިރާތަކުގެ މައްޗަށް އެހެން ކެންޑިޑޭޓުން ކުރި ހޯދިއިރު އޭގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހިމެނެ އެވެ.

އެމްޑީޕީއަށް 12 ގޮނޑި ލިބި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއަށް އިންތިހާބުގައި އެއްވެސް ދާއިރާއެއް ކާމިޔާބު ނުކުރެވުނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސް މަރުހަލާގެ ތެރެއިން ބޮންޑޭ ވިދާޅުވީ ކުރިޔަށް އޮތީ ފާރަވެރި މަޖިލީހެއް އުފައްދައި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ދުވަސްތަކެއް ކަމަށެވެ. އެކަމަކު އެ މަސައްކަތް ކުރުމުގެ ނިޔަތުގައި މަޖިލީހަށް ވާދަކުރި މެމްބަރުންގެ އެއްވެސް އަގެއް ނެތި އިސް ކުރީ ފައިސާކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މާމިގިލި ދާއިރާގެ ގޮނޑި ދިފާއު ކުރިކަމަށެވެ. އެހެންކަމުން މީގެއިން އެނގިގެން ދިޔައީ އަމާނާތްތެރިވުމާއި، ހާޒިރީ ރަނގަޅު މެމްބަރުންނަށް ރައްޔިތުން އެއްވެސް ވަރަކަށް ނުބަލާކަންކަމުގައި އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެއްވެސް ގޮތަކަށް ނާންނަ މީހާ ހަމަ އަންނަން ޖެހޭނެ މިތަނަށް.. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް… އަޅުގަނޑުމެން މިތިބީ ދުވަހަކު ވެސް ހާޒިރު ނުވާ މެމްބަރެއް ހޮވައިގެން މަޖިލީހަށް.. އެކަމަށްޓަކައި ޝުކުރު އަދާކުރަން މާމިގިލި ރައްޔިތުންނަށް… އެއީ ހުރިހާ އެންމެން ރިސޯޓަށް ގެންގޮސް ގެންގޮއްސަ ރިސޯޓަށް ގެންގޮސް ކާންދިނީ ވިއްޔަ.. ބަރާބަރު. ވަރަށް ސަޅި.. އެއޮތީ ހޮވާފައި.. ދެން އިނީ ރުފިޔާ ގޯންޏެއް އޭނާ ވެސް ހޮވީ.. ހަމަ ބަރާބަރު.. މިއިނީ އިމްތިޔާޒް ފަހުމީ.. މުޅި ތިން ދައުރުގަ ވެސް އަމާނަތްތެރިކަމާއި، ވަފާތެރިވީ.. ކަންފަތްމަތީ ޖަހައި ބާޣީއެއް ހޮވީ..

ބައެއް ދާއިރާތަކަށް ވަކި މެމްބަރެއް ހޮވީ ކީއްވެގެން ތޯ ވެސް ސުވާލު އުފައްދައި އެހެން ދާއިރާތަކުގެ މެމްބަރުން ޝަކުވާ ކުރަމުންދާއިރު ތިބީ ހަމަ އެއް ހާލަތެއްގައިކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށް ބޮންޑެ ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: