ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް އިންތިހާބުވި މެންބަރުން ހުވާ ކުރުން އަންނަ މަހު 28 ގައި

މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަކަށް އިންތިހާބުވި މެމްބަރުންގެ ހުވާ ކުރުން އަންނަ މޭއި މަހުގެ 28 ގައި ބޭއްވުމަށް މަޖިލިސް އިދާރާއިން ނިންމައިފި އެވެ.

މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން އިންތިހާބުތައް ބާއްވަން ފެށި ފަހުން ސަރުކާރަކަށް ލިބުނު ބޮޑު ކާމިޔާބީއާއި އެކު ކޮންގްރެސް ކޯލިޝަނުން ވަނީ 70 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީގެ 81 ވަނަ މާއްދާގައި ވާގޮތުގެ މަތީން 20 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ ހުވާ ކުރުން އިންނާނީ އަންނަ މޭއި މަހުގެ 28 ވާ އަންގާރަ ދުވަހު ކަމަށެވެ. މެމްބަރުން ހުވާ ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ކުރަމުންދާކަމަށް އަސްލަމް އިއުލާނު ކުރެއްވި އެވެ.

މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު މޭއި 15 އަށް ނިމޭނެ އެވެ. މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ރިޔާސަތުން ގަސްތު ކުރަނީ އެހެން ގޮތަކަށް ކަނޑަނާޅާހަ ހިނަދު ޖަލްސާތައް މޭއި 13 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އެހެންކަމުން އެ ތާރީހާއި ހަމައަށް މަޖިލީހުގައި ހުރި މުހިންމު މަސައްކަތައް ކުރަމުން ގެންދާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ޕީއެންސީގެ ޓިކެޓުގައި ހޮވުނު 66 މެމްބަރުން ތިބޭނެ އެވެ. އަމިއްލަ ގޮތުން ވާދަކޮށް ސަރުކާރުގެ ތައީދުގައި 04 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކޮށްފައި ވާތީ އަދަދު 70 އަށް އަރަ އެވެ. އަދި ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބެ އަމިއްލަ ގޮތުން ވާދަކުރި އެހެން މެމްބަރުން އިންތިހާބު ކާމިޔާބު ކުރިއިރު ރޭ ބޭއްވި އުފާފާޅު ކުރުމުގެ ހަރަކާތުގައި އެބޭފުޅުން ބައިވެރިވި އެވެ.

މި އިންތިހާބުގައި އިދިކޮޅު މައި ޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް، ޕީއެންސީން ތާއީދުކުރި ކެންޑިޑޭޓުންގެ އެހީޔެރިކަމާ އެކު، ސުޕަ މެޖޯރިޓީއެއް ހޯދައިފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އާ މަޖިލިހުން ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ. އަދި ޑިމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބު ނުކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: