ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ފޮށި އަލުން ގުނަން ޖެހޭ، ނުވަތަ ނަތީޖާއަށް ބަދަލު އަތުވެދާނެ ޝަކުވާއެއް ނުލިބޭ: އީސީ

އިންތިހާބުގެ ވޯޓު ލުމުގެ ކިއު ބަންދު ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންތަކެއް މައުލޫމާތުތައް ޗެކް ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެކަމަށް ބެލެވޭ ވަރުގެ ޝަކުވާއެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން ވަނީ ހޮވާފަ އެވެ. ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް 66 ގޮނޑިއާއި އެކު ސުޕަ މެޖޯރިޓީއެއް ލިބުނުއިރު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި ޑިމޮކްރެޓްސްއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްގެ ތާއީދުގައި ނިކުތް އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރު ކުރެވޭ ގޮތެއް ނުވި އެވެ.

އާންމު ގޮތެއްގައި އިންތިހާބުތައް ކުރިޔަށް ދާ ވަގުތުތަކުގައި ބޮޑެތި ހަމަނުޖެހުން ހިނގައި، ޝަކުވާތައް ހުށަހެޅި ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެފަދަ މައްސަލައެއް ދިމާނުވެ އެވެ.

އީސީން ވޯޓުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށްފައިވާއިރު ނަތީޖާއަށް ބަދަލު އަތުވެދާނެ އެއްވެސް ޝަކުވާއެއް ލިބިފައި ވޭތޯ ސުވާލު ކުރުމުން ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައި ނެތް ކަމަށެވެ. ތިނަދޫ ދެކުނު ދާއިރާގެ ފޮއްޓެއް އަލުން ގުނުމަށް އެދި ހުށަހަޅާފައިވާތީ ޒަކަރިއްޔާ ވިދާޅުވީ ކޮމިޝަނުން ނިންމީ އެ ފޮށި އަލުން ގުނަން ޖެހޭ މަގުބޫލު ސަބަބެއް ނެތްކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ ވަކި ފޮއްޓެއް އަލުން ގުނަން ޖެހޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ކޮމިޝަނުން އެއަށް އަމަލު ކުރާނެކަމަށެވެ. އެކަމަކު މިވަގުތާއި ހަމައަށް އެފަދަކަމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އީސީން ވަނީ އިންތިހާބުގައި ވޯޓުލީ 602 ވޯޓު ފޮށީގެ ވެސް ވަގުތީ ނަތީޖާ އިއުލާނުކޮށްފަ އެވެ. ޖެހ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: