ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް މަޖިލީހުގައި އަޑުއިއްވަން ޖާގަ ދޭނަން، ނަފްސާނީކޮށް އުނދަގޫ ނުކުރާނަން: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސމަޖިލީހުގެ އައު ދައުރަށް ވެރިކަން ކުރާ މައި ޕާޓީއަށް ލިބުނު ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފައި، ބާރު ދެއްކުމަށް މަސައްކަތް ނުކުރާނެކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އިތުރު ދައުރަކަށް ވާދަކޮށް ގޮނޑި ކާމިޔާބު ކުރައްވާފައިވާ ސަލީމް މިއަދުގެ ޖަލްސާގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިބުރަތް ހާސިލު ކުރާނީ މާޒިންކަމަށާއި، ދިވެހި ރައްޔިތުންނަކީ އަބަދުވެސް ގަދަ ބާރަށް ނޫނެކޭ ބުނާނެ ބައެއް ކަމަށެވެ. ސަލީމް ވިދާޅުވީ ސަރުކާރަކުން ނުފޫޒާއި ބާރު ފޯރުވުމަށް އެއްވެސް ފުރުސަތެއް ރައްޔިތުން ނުދޭނެކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ރައްޔިތުންނަށް ސާފުވިކަމަށެވެ. އޭގެ ތެރެއިން ރައްޔިތުންނަށް ނަފްސާނީ ގޮތުން ދޭ ގެއްލުމުގެ ނަތީޖާއަކީ އެ ވެރިކަމެއް ރައްޔިތުން ބަދަލު ކުރުންކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އިދިކޮޅުގައި އޮވެ އެމްޑީޕީން ކުރަމުން ދިޔަ ޖެއްސުމާއި އުނދަގޫތަކުގެ ސަބަބުން ނަފްސާނީ ހާލަތަކަށް ކަންކަން ގޮސްފައިވާކަމަށެވެ. އޭގެ ކުރިން މިދިޔަ ފަސް އަހަރުގެ ތެރޭގައި އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް ފުރުސަތު ނުދިނުމަށް އެތައް ގޮތަކުން މަސައްކަތް ކުރި ނަމަވެސް އެ ޕާޓީގެ މެމްބަރުން ހިތްވަރު ދެއްކިކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކޮންގްރެސް ކޯލިޝަނަކީ އެމްޑީޕީން އަމަލު ކުރި ގޮތަށް އިދިކޮޅުގެ އަޑު ކަނޑުވާލައި އެ މެމްބަރުންނަށް ގެއްލުން ދޭނެ ބައެއް ނޫންކަމަށް ސަލީމް ވިދާޅުވި އެވެ.

އާރާއި ބާރުގައި އޮތް އެމްޑީޕީއަކީ އެއްވެސް މެމްބަރެއްގެ އިހުސާސަށް ބެލުމެއް ނެތި މަސައްކަތް ކުރި ބައެއްކަމަށާއި، އެ ޕާޓީގެ ސަބަބުން ޕީޕީއެމް/ޕީއެންސީ އެތައް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ސަލީމް ވިދާޅުވި އެވެ.

އެންމެ ހައެއްކަ މެމްބަރުން ވެސް ވާހަކަ ދައްކަން ފުރުސަތު ނުދިން… އެ ފުރުސަތަށް އައީ ނިޒާމީ ނުކުތާ ނަގައި ފުރައްސާރަކޮށް ހުރަސް އަޅަމުން.. އެކަމުން އަރައިގަތީ އަޅުގަނޑުމެންގެ ހިތްވަރުގަދަކަމުން

އައު ސަރުކާރު އިންތިހާބުވުމުން އެމްޑީޕީގެ އަމަލުތައް ހުއްޓޭނެކަމަށް ބެލެވުނު ނަމަވެސް ސަލީމް ވިދާޅުވި ގޮތުގައި އެބޭފުޅުންގެ ހާލަތު އިތުރަށް ވީ ގޯހެވެ. އެގޮތުން ބިރު ދައްކައި، މަޖިލީހުގެ ތެރެއިން އެތައް އުނދަގުލެއް ކުރިކަމަށް ސަލީމް ތަކުރާރު ކުރެއްވި އެވެ.

ސަލީމް ވިދާޅުވީ އަލަށް ފެށޭ ދައުރުގައި މައިނޯރިޓީއަށް ޖެއްސުންކޮށް، ފުރުސަތު ގެއްލުވާލުމަށް އެ ޕާޓީން އެއްވެސް މަސައްކަތެއް ނުކުރާނެކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީ ވެސް އެއީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: