ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އިތުބާރު ދެމެހެއްޓުނު ދިހަ މެމްބަރުން ވެސް ނެތް، ރަނގަޅީ ނިންމުންތައް މަޑުޖައްސާލުން: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިތުރު ދައުރަކަށް ވާދަކުރި މަޖިލީހުގެ ބޮޑު މެޖޯރިޓީއަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާއިރު އެންމެ ރަނގަޅު ގޮތަކީ އައު ދައުރު ފެށުމާއި ހަމައަށް މިހާރުގެ ހިނގަމުން ދާ ޖަލްސާތަކުގައި ބޮޑެތި ނިންމުންތައް ނިންމުން މަޑުޖައްސާލުންކަމަށް މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށް، އިތުރު ދައުރަކަށް މިހާރުގެ ގިނަ މެމްބަރުން ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއި އެވެ. އެގޮތުން ޑިމޮކްރެޓްސްގެ އެއްވެސް މެމްބަރަކަށް ގޮނޑި ދިފާއު ނުކުރެވުނު އިރު އެމްޑީޕީގެ މިހާރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެވުނީ ގަލޮޅު ދެކުނު ދާއިރާއަށް މީކާއިލް އަހުމަދު ނަސީމާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއަށް އެކަންޏެވެ. އެހެން ހުރިހާ މެމްބަރުން ވެސް ނާކާމިޔާބުވި އިރު އެމްޑީޕީއަށް އިންތިހާބުން ލިބިފައި ވަނީ ޖުމްލަ 12 ގޮނޑި އެވެ. އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީ ވަނީ 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރުން ތާއީދުކޮށް މަޖިލީހަށް ހޮވުނު އަމިއްލަ ކެންޑިޑޭޓުން ހިމަނައިގެން އެ އަދަދު 70 އަށް އަރަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އަންނަ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް މި ދައުރުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަން މިއަދު ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތްތައް ކުރިޔަށް ގެންދިޔަ ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ބޮޑެތި ނިންމުންތައް މަޑުޖައްސާލުންކަމަށް އާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާގަ އެވެ. ދާއިރާގެ އިތުރު ދައުރަކަށް ވާދަކޮށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު އާޒިމް ވިދާޅުވީ މަޖިލީހުގައި މިވަގުތު ރައްޔިތުންގެ އިތުބާރު އޮތް 10 އިންސައްތަ މެމްބަރުން ވެސް ނެތްކަމަށެވެ. ގާނޫނުގައި މަޖިލިސް ޖަލްސާތައް ކުރިޔަށް ގެންދަން ޖެހޭނެކަމަށް ބުނި ނަމަވެސް، މިހާރުގެ ހާލަތުގެ ގޮތުން މަޖިލީހުގައި ބިލްތަކާއި ގާނޫނުތައް ފާސް ކުރުމަކީ އެންމެ ހަމަޖެހޭ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޖިލީހުން ދެން ރައްޔިތުނޖްނާއި ގުޅޭ ކަންކަމުގައި ގޮތް ނިންމުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ނުދެކެން

އާޒިމް ވިދާޅުވީ އޭނާ އެދެނީ އައު ދައުރު ފެށެން ދެން މާގިނަ ދުވަހެއް ނެތުމާއި އެކު ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ބޮޑު ނިންމުމެއް ނުނިންމުމަށެވެ. އާޒިމްގެ ވާހަކައަށް ރިޔާސަތުގައި ހުންނެވި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި ދައުރުގެ މަޖިލީހުން ބިލެއް ފާސްކޮށް ގަރާރެއްގެ މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް ގަވައިދުގެ ދަށުން ނެތްކަމަށެވެ. އެހެންކަމުން އެ ގަވައިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދެއްގައި މަސައްކަތް މަޑުޖައްސާލުމަކީ ވެސް ރަނގަޅު ގޮތެއް ނޫންކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިތުރު ދައުރެއް ކާމިޔާބު ނުކުރެވުނު އެމްޑީޕީ، ޑިމޮކްރެޓްސް މެމްބަރުންނަކީ އެ ދާއިރާގެ މެމްބަރުކަމުގައި 10،15،20 އަހަރުވެފައިވާ ބޭފުޅުންނެވެ. އެގޮތުން އަސްލަމަށް ވެސް ގޮނޑި ގެއްލުނީ 20 އަހަރު ފަހުންނެވެ. އަދި އީވާ، އިންތިގެ ގޮނޑި ނާކާމުޔާބުވީ ދާއިރާގެ މެމްބަރުކަމުގައި 15 އަހަރު ތިއްބެވުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އާޒިމް ތި ދެންނެވީ ރަގަޅަށް. ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ މެމްބަރުން ހަމަވާ ކޯރަމެއް ނެތް. ކުރިން ބުނިހެން މިހާރު މެމްބަރުން ގުނާނެ ގޮތެއްވެސް ނެތް. ރައްޔިތުން ނޫނެކޭ ބުނި މެމްބަރަކަށް މިހާރު މަޖިލިހުގައި ވޯޓް ލައި ގައުމުގެ ކަންކަން ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ އެކަން ކުރިވެިދާނެ ކަމަކަށް ގާނޫނެއްގައި ގަވާއިދެއްގައި ވެސް ނެތް. އެހެންވީމަ ރަގަޅު ވާނީ މިހާރު މަޖިލިސް އުވާލާ މުސާރަ ދިނުން ހުއްޓާލަން. އަދި ދެން ފެށޭ މަޖިލިހެއްގައި މިކަމާ ވެސް ވިސްނާ މި ގަވާއިދު ތައް އެކުލަވާލާ، މިހެން ރައްޔިތުންގެ ވޯޓުން ކަޓާ މީހުން އެދުވަހުން ފެށީގެން ގިނޑި ގެއްލޭ ގޮތަށް ގަވާއިދު ވެސް ބަދަލު ކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: