ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ވޯޓުގެ ތަފާތެއް، ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދި އީސީއަށް

ދުވާފަރު ދާއިރާއަށް ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ބުދަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރުން ވަނީ ސުޕަ މެޖޯރިޓީއާއި އެކު 70 އަށް ވުރެ ގިނަ ގޮނޑި ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން، ބައެއް ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރީ މަދު ވޯޓެއްގެ ފަރަގަކުންނެވެ. ހަތަރު ވޯޓުގެ ތަފާތު އޮތް ދުވާފަރު ދާއިރާ އޭގެ ތެރޭގައި ހިމެނޭއިރު، ދެވަނައަށް ދިޔަ ކެންޑިޑޭޓު ވަނީ ފޮށިތައް އަލުން ގުނައިދޭން އެދި ކޮމިޝަނަށް އިންތިހާބީ ޝަކުވާ ހުށަހަޅާފަ އެވެ.

އެ ޝަކުވާއާއި މެދު އަދި މިހާތަނަށް ގޮތެއް ނިންމާފައި ނުވާއިރު، ކޮމިޝަނުން އިއްޔެ ވެސް ވަނީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއަކަށް ނުވާތީ އިތުރު އެހެން ދާއިރާއެއްގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދި ހުށަހެޅި ހުށަހެޅުމެއް ބަލައިނުގަތުމަށް ނިންމާފަ އެވެ.

އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ދުވާފަރު ދާއިރާގެ ވޯޓު ފޮއްޓާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

ދުވާފަރު ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަކުރިއިރު، ޕީއެންސީގެ ކެންޑީޑޭޓު މުހައްމަދު އަލީ ގޮނޑި ކަށަވަރު ކުރީ 1،074 ވޯޓުންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު އަބްދުލް ރަހްމާނަށް ލިބިފައި ވަނީ 1،070 ވޯޓެވެ.

ދުވާފަރު ދާއިރާއަށް މިހާރު ވެސް އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ އިސްމާއިލް އަހުމަދު ވާދަކޮށް ކުރިމަތިލާން ޖެހުނީ ނަކާމިޔާބީއާ އެވެ.

އީސީއިން މީގެ ކުރިން ބުނެފައި ވަނީ ދާއިރާތަކުގެ ނަތީޖާއަށް ބަދަލެއް އައިސްދާނެ ޝަކުވާއެއް އަދި ލިބިފައި ނުވާކަމަށެވެ.

ވަރަށް ގަދަ
69%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމްޑީޕީ ކެޑިޑޭޓް އިސްމައިލަށް ބުނެލަންއޮތީ މަނިކުފާނު 19ވަނަ މަޖިލިސްގަ ކުރީ ކޮންކަމެއް ތޯ، ރައްޔިތުން ތަމްސީލް ކުރަން ފޮނުވީމަ ރައްޔިތުންނަށް ފެނުނީ މަނިކުފާނު އަބަދުވެސް ކޮންމެވެސް މީހަކާ ޒާތީވެ ގަދަބަސްް ބުނެ ހަޅޭއްލަވާ މަންޒަރު، އެކަމުގެ ހިތި ނަތީޖާ މިއަދު ފެނިގެން އެ ދިޔައީ، ދެންވެސް ވިސްނާލުން ބުއްދިވެރި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: