ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑަންޓް ލޯނަށް އެދި ހުށަހަޅަން ދީފައިވާ މުއްދަތު އިތުރުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަން ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން 500 ފުރުސަތު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ އިތުރު ހަތް ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، އެ މުއްދަތު ދެން ހަމަވާނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހު މެންދުރުފަހު 1:30 އަށެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅޭއިރު، އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެއެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ހަރަދުތައް ހޯދުމަށް މި ފަހަރު ހުށަހެޅޭނެ އެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ސަރުކާރުން މި ފަހަރު ފުރުސަތު ހުޅުވާލާފައިވެއެވެ. ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: