ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެން: ރައީސް ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތައުލީމީ ދާއިރާއަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ތައާރަފު ކުރި ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަތީ ތައުލީމަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކޮށް ރައީސް ސޯލިހު ވަނީ، އެމެނިކުފާނު ތަންފީޒު ކުރައްވަން ފެއްޓެވި ހިލޭ ޑިގްރީ ޕްރޮގްރާމުން ގިނަ ޒުވާނުންނަށް ފުރުސަތުތަކެއް ލިބިގެން ދިޔަކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެެއިން ބޭރުން މަތީ ތައުލީމް ހާސިލުކުރުމަށް ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް، 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ސަރުކާރުން ދޫކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސްޓޫޑަންޓް ލޯނު ދޫކުރުމުގައި، މާލީ ތަނަވަސްކަން ނެތް މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން އިސްކަންދީފައިވާނެ ކަމަށެވެ. އަދި 2022 ގައި، މި ސްކީމްގެ ދަށުން އިތުރު 720 ފުރުސަތު، އަންނަ ހޯމަ ދުވަހު ހުޅުވައިލެވޭނެކަން އިއުލާނު ކުރެއްވި އެވެ.

ތަފާތު އެކި ދާއިރާތަކުން ޒުވާނުން ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 124 ދަރިވަރަކަށް މަތީ ތައުލީމުގެ ލޯނު ދޫކޮށް، 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައިސީޓީ އަދި އެކައުންޓިންގ ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް، މި މަހުން ފެށިގެން ކުރިއަށްދާނެ ކަމާށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތްތަކުގެ އިތުރަށް ރައީސް ވިދާޅުވީ ސޯލިހު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުގައި ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނިކް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

“ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫގެ ޕޮލިޓެކްނިކް، ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިޢުލާނު ކުރެވިފައި. ޤައުމަށްޓަކައި އެންމެ ވަރުގަދަ އުސް ބިނާއަކީ، ބިނާކުރެވޭ ހެދިހުރި ދިވެހި އިންސާނާ.” ރައީސް ސޯލިހު

ސަރުކާރުން ތަޢުލީމީ ދާއިރާގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައި ރައީސް ވަނީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން، ކޮލެޖް ނުވަތަ ޔުނިވަސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދެވިއްޖެކަމަށާއި، މި ޕްރޮގްރާމްގެ ތެރެއިން 2,127 ދަރިވަރުން މިހާތަނަށް ޑިގްރީ ފުރިހަމަކޮށްފައިކަން ހާމަކުރެއްވިއެވެ.

ކުރިއަށްއޮތް 2023 ގެ ނިޔަލަށް 5,000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ނިންމައިގެން ގައުމު ބިނާކުރުމަށް ނުކުންނާނެކަމަށާއި، އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ނުކުންނާނެކަމުގައި ރައީސް އަންދާޒާ ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔތާނުގައި އަލަށް ތައާރަފު ކުރި ސެޓަލައިޓް ސްކޫލާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަށެއްގައި ކުޑަ އާބާދީއެއް އޮތުން އެއީ އެރަށެއްގެ ދަރިން ތައުލީމުން މަހުރޫމްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަރުކާރުގެ ގިނަ މަސައްކަތްތަކާއި އެކު މިހާރު ބ. ފެހެންދޫ އަދި ވ. ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ހިދުމަތް، މުޅިން އަލަށް މި އަހަރު ފެށިކަމީ އުފާ ކުރާކަމެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ

“މީގެ ސަބަބުން ބ. ފެހެންދޫ އާމިނަތު ޢާޞިފާގެ ދަރިން، ބޮއްކުރައެއްގައި 12 އަހަރު ވަންދެން ބ. ގޮއިދޫ ސްކޫލަށް ކުރި ބުރަ ދަތުރު ނިމިއްޖެ” ރައީސް ސޯލިހު

ރައީސް ސޯލިހު ވަނީ 2021 ވަނަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި، 20 ޕްރިންސިޕަލަކަށް މާސްޓަސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދައިދެވިއްޖެކަމުގައި ވިދާޅުވެފަ އެވެ. އަދި މި މަސައްކަތް ވެސް ހުއްޓުމެއް ނެތި ސަރުކާރުން ކުރިޔަށް ގެންދާނެކަމުގައި ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: