ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކޮށްފި

އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާއި އިނާމު ހަވާލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާއިހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

އުރީދޫ ހެޑްކުއާޓާޒް ގައި ކުރިއަށޤ ދިޔަ ރަސްމިއަޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށް ވެސް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމެނުނެވެ.

ރަސްމިއްޔާތުގައި އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒް ވިދާޅުވީ މި އަހަރުގެ ހަދިޔާ ފޮށި ޕްރޮމީޝަން ވަރަށް ކާމިޔާބުކަމަށާއި، އިނާމުތައް ލިބުނު ހުރިހާ ކަސްޓަމަރުންނަށް ވެސް މަރުހަބާ ކިޔާކަމަށެވެ. ނިޔާޒް ވިދާޅުވީ މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއްކަން ނިޔާޒް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: