ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލްގެ މާއްދާއެއް ހުރުމުން، އިންޑިއާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފި

ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކުރި ދެ ބްރޭންޑުގެ އިންޑިއާ ހަވާދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އުފެއްދުމެއްކަމަށް ވާ “އެވަރެސްޓް” އާއި “އެމްޑީއެޗް” ގެ ބްރޭންޑުގެ ބައެއް ހަވާދުގެ ބާވަތްތައް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

ދިވެހިންގެ ތެރޭގައި ވެސް އާންމު ހަވާދުގެ ބްރޭންޑެއްގެ ހަވާދު ޕެކެޓު ވިއްކުން މަނާކޮށް އެމްއެފްޑީއޭ ބުނެފައި ވަނީ އެ ދެ ބާވަތުގައި ކެމިކަލްގެ “އެތިލިން އޮކްސައިޑް” ހުރިކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓަ ފޮ ފުޑް ސޭފްޓީން އެލާޓް ނެރެފައިވާ ކަމަށެވެ.

މި ބްރޭންޑުގެ ހަވާދުތައް ރާއްޖެއަށް ވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުން ކުރެ އެވެ. އެހެންކަމުން ރާއްޖޭގެ ބާޒާރުގައި މިވަގުތު ހުރި މި ބްރޭންޑުގެ ހަވާދު ނެގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކެންސަރަށް މަގުފަހިވާ އެތިލިން އޮކްސއިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓު ކުރުމަށް ބޭނުން ކުރާ ކެމިކަލެކެވެ. އަދި އެމްއެފްޑީއޭ ބުނެފައި ވަނީ ސިއްހަތަށްކޮށްފާނެ ނޭދެވޭ އަސަރަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

ބޭރުގެ އެކި އުފެއްދުންތަކުގައި ސިއްހަތަށް ގެއްލުންވާ ކެމިކަލްގެ ބާވަތްތައް ހުރުމުގެ ސަބަބުން އެމްއެފްޑީއޭ އެލާޓުތައް ނެރުނު ނަމަވެސް ބާޒާރުގައި ހުރި އެ ތަކެތި ހުސް ކުރުމުގެ ކަންކަން ކުރިޔަށް ދާގޮތް ރެގިއުލޭޓު ނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: