ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް 104،505 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ހޯމް ސެކްޓަރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ހެޑް އަހްމަދު ނާފިޒް ވިދާޅުވީ މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާއި ގުޅުންހުރި 12 އޮޕަރޭޝަނެއް ހިންގާފައިވާނެކަމަށެވެ. އަދި މި އޮޕަރޭޝަންތަކުގައި މުޅި ޖުމްލަ 19 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަަށް ވަނީ ގެނެވިފައިވެއެވެ. މިއީ ގާތްގަނޑަކަށް 19،220 ގްރާާމްގެ މަސްތުވާތަކެއްޗެވެ. މި ތަކެތީގެ މަގުމަތީ އަގަކީ 104،505 މިލިއަން ރުފިޔާކަމަށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ހެޑް އަހްމަދު ނާފިޒް ވިދާޅުވިއެވެ.

މި މަސްތުވާތަކެތީގެ މައްސަލަތަކުގައި ނިމިދިޔަ އޭޕްރިލްމަހު 70 މީހަކު ހައްޔަރު ކުރެވިފައިވާކަމަށާއި މިއަހަރުގެ މިހާތަނަށް 260 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާކަމަށް ނާފިޒް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުން ހުރި 812 މީހަކު ބަލާ ފާސްކުރެވިފައިވާކަމަށާއ މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖުމްލަ 3686 މީހަކު ބަލާ ފާސްކުރެވިފައިވާކަމަށް ނާފިޒް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 7 ބިދޭސީއަކު ހައްޔަރުކުރެވިފައިވާކަމަށާއި މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖުމްލަ 16 ބިދޭސީއަކު ހައްޔަރުކުރެވިފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.

މަސްތުގެ ހާލަތުގައި 5 ދިވެއްސަކު ހައްތަރުކުރެވިފައިވާއިރު، މިއަހަރުގެ މިހާތަނަށް 61 ދިވެއްސަކު މަސްތުގެ ހާލަތުގައި ވަނީ ހައްޔަރުކުރެވިފައެވެ. އަދި ހަމައެއާއި އެކު މަސްތުގެ ހާލަތުގައި ތިބި 6 ބިދޭސީއަކު އޭޕްރިލް މަހުގެ ތެރޭގައި ހައްޔަރުކުރެވިފައިވާއިރު މިއަހަރުގެ މިހާތަނަށް މަސްތުގެ ހާލަތުގައި ތިބި 55 ބިދޭސީއަކު ވަނީ ހައްޔަރުކުރެވިފައެވެ. އަދި އިމިގްރޭޝަންއާއި 5 ބިދޭސީއަކު އޭޕްރިލްމަހު ހަވާލު ކުރެވިފައުވާއިރު، މިއަހަރުުގެ މިހާތަނަށް 54 ބިދޭސީއަކު ވާނީ އިމިގްރޭޝަންއާއި ހަވާލު ކުރެވިފައެވެ.

މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާއި ގުޅުން ހުރި 95 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާނެކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ.

މީގެއިތުރުން 5 އުޅަނދެއް އޭޕްރިލް މަހު ޓޯކުރެވިފައިވާނެކަމަށާއި މިއަހަރުގެ މިހާތަނަށް 13 އުޅަނދެއް ބަލާ ފާސްކުރެވިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އޭޕްރިލްމަހުގެ ތެރޭގައި 2 ކާޓެލްގެ ޑްރަގް ބަންދުކުރެވިފައިވާނެ. މިއަހަރުގެ މިހާތަނަށް 5 ކާޓެލް ވާނީ ބަންދުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: