ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ ރައީސްގެ ހެލިކަޕްޓަރު ވެއްޓިގެން ހޯދަނީ!

އީރާނުގެ ރައީސް އިބްރާހިމް ރައީސީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަދި ފޮރިން މިނިސްޓަރު ހޮސެއިން އަމީރްއަބްޑޮލާހިއާނ ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރު އެކްސިޑެންޓުވެފައިވާކަމަށާއި ހޯދުމުގައި ކާމިޔާބުވެފައިނުވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ނޫސްކުން ބުނާގޮތުން އީރާނުގެ ރައީސް ދަތުރުކުރައްވަމުންގެންދެވީ އީރާނުގެ އީސްޓް އަޒަރްބައިޖާން ޕްރޮވިންސްގެ ފަރުބަދަމަތީ ސަރަހައްދުންކަމަށެވެ. އަދި ހޯދުމުގެ މަސައްކަތްތައް ކުރުމަށް ޓީމުތަކެއް ހަރަކާތްތެރިވަމުންދާނަމަވެސް މޫސުމީ ކަންކަން ހުރިގޮތުގެ ސަބަބުން އެކަމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގެ ރައީސް އެ ހެލިކޮޕްޓަރުގައި އިންކަމާއިމެދު މީގެ ކުރިން ސުވާލު އުފެދިފައިވީނަމަވެސް އީރާނުގެ ސަރުކާރުންވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އަދި އެމަރޖެންސީ ހާލަތުގައި ބޭނުންކުރުމަށްޓަކައި ސެޓަލައިޓް ފޯނެއް އޭނާ ގެންގުޅުއްވާކަމާއިމެދުވެސް މީޑިއާތަކުން ދަނީ ސުވާލު އުފައެއްކަމުންކަމަށްވާއިރު އީރާނުގެ މީޑިއާތަކުން ވަނީ ބައެއް މަންޒަތުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އެއީ ފަރުބަދަމަތީ ސަރަހައްދެއްކަމަށާއި ގިނަ އަދަދެއްގެ ގަސް ހުރުމުގެ ސަބަބެއް ވަލެއްގެ ސިފައިގައި އޮތްއިރު ދުންފިނީގެ ސަބަބުން ރައީސީގެ ހެލިކަޕްޓަރު ވެއްޓުނުކަމަށް ގަބޫލުކުރެވޭ ސަރަހައްދަށް ހެލިކޮޕްޓަރަށް ގާތް ނުކުރެވުނުކަމަށް ރިޕޯޓުތަކުގައިވެއެވެ. އެ ސަރަހައްދުގައި ފައިމަގުގެ އިތުރުން ފުރޮޅުލީ އުޅަނދުތަކުގައިވެސް ޓީމުތައް ހަރަކާތްތެރިވަމުންދާއިރު ގަދައަށް ވިއްސާރަކުރަމުންދާކަމަށްވެސް ޝާއިއުކޮށްފައިވެއެވެ.

އީރާނުގެ ރައީސް އަދި ފޮރިން މިނިސްޓަރު ގަދަވެ ސަލާމަތުން ފެނުމުގެ އިންތިޒާރުގައި މުޅި ގައުމު ހުއްޓިފައިވާއިރު ބައެއް ފަރާތްތަކުންދަނީ އީރާނުގެ ރައީސް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މޫސުން ގޯސްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ފާޑުކިޔުން އަމާޒުކޮށް ސަލާމަތީ ޓީމނުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާކަމާއިމެދުވެސް ސުވާލު އުފައްދާއެވެ.

ކުއްލި ހާލަތެއްގައި އީރާނުގެ ރައީސް ނިޔާވެއްޖެ ހާލަތެއްގައި އެ ގައުމުގެ ގާނޫނުއަސާސީވަނީ ނައިބުރައީސް އެމަގާމާއި ހަވާލުވާނެކަމަށް ބަޔާންކޮށްފައެވެ. އަދި މިވަގުތު ހުންނެވީ މުހައްމަދު މޮކްބަރްކަމަށްވާއިރު އޭނާއަށް އެ މަގާމާއި ހަވާލުވެވަޑައިގެންނެވޭނި ސުޕްރީމް ލީޑަރުގެ ގޮތުގައި ހުންނަވާ އަލީ ހުމައިނީގެ ރުހުމާއިއެކުކަމަށް ބުނެފައިވެއެވެ. އީރާނުގެ ސިޔާސީ ބާރުވެރިކަން އެތުރިފައިވާގޮތުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމު އަދި ސަރުކާރުގެ އިސްވެރިޔާގެ މަގާމުވަނީ ވަކި ކުރެވިފައިކަމަށްވުމުން ރައީސް ހުންނަވަނީ ދެވަނައަށް އެންމެ އިސް ފަރާތުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: