ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީގެ ޑްރޯންތައް ބޭނުންކޮށްގެން އީރާނުގެ ރައީސް ހޯދުމުގެ މަސައްކަތްތައް ކުރިއަށް!

އީރާނުގެ ރައީސް ވެއްޓުނުކަމަށް ބެލެވޭ އުޅަނދުގެ ތެރޭގައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަދި ފޮރިން މިނިސްޓަރު އަމީރު އަބްޑޮލާހިއާނ ދަތުރުކުރައްވަމުންދިޔަ ހެލިކޮޕްޓަރުކަމަށް ބެލެވޭ ހޫނު ކަމެއްގެ ނިޝާން ތުރުކީގެ ޑްރޯންތަކަށް ފާހަގަކުރެވުމާއިއެކު ރެސްކިއުޓީމުތަކުން އި ސަރަހައްދަށް މިސްރާބު ޖަހައިފިއެވެ.

އީރާނުގެ ދެވަނަ އަށް އެންމެ އިސްކޮށް ހުންނަވާ އެ ގައުމުގެ ރައީސްއާއި އަދި ފޮރިން މިނިސްޓަރު ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައިވާކަމަށް ބުނެ ރިޕޯޓުތައް ކުރެވެމުންދިއުމާއިއެކު އެ މައްސަލައިގައި މާ ބޮޑު ކުރިއެރުންތަކެއް ލިބިފައިނުވެއެވެ. މިހާރު 24 ގަޑީރާއި ގާތްވެފައިވާއިރު އަދިވެސް ހެލިކޮޕްޓަރު ހޯދުމުގައި ހަރަކާތްތެރިވާ ޓީމުތަކަށް ވެއްޓުނު ސަރަހައްދު ކަށަވަރުކުރެވިފައިނުވެއެވެ.

އުޅަނދު ވެއްޓުން ކަމަށް ބެލެވެނީ ފަރުބަދަމަތީ ސަރަހައްދަކަށް ކަމަށް ރިޕޯޓުތަކުގައިވާއިރު، އެ މައުލޫމާތަކީ ތުރުކީގެ ޑްރޯން ވީޑިއޯއަކުން ލިބިފައިވާ މައުލޫމާތުތަކެއްކަމަށާއި މިހާރު އަނެއްކާވެސް ތުރުކީގެ ޑްރޯންއެއް މެދުވެރިކޮށް މަސައްކަތްތަކުގައި ހެލިކޮޕްޓަރު ހޯދުމުގައި އުންމީދު އާވެފައިވާކަމަށް ބުނެފައިވެއެވެ.

ތުރުކީއިންދަނީ މި ހާދިސާގައި އީރާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންކަމަށްވާއިރު، އެ ގައުމުންވަނީ ޑްރޯންތަކަށް ހޫނުކަމެއްގެ އަސަރު ފާހަގަކުރެވިފައިވާކަން އީރާނުގެ އަސްކަރިއްޔާއާއި ހިއްސާކޮށްފައެވެ. ތުރުކީއިންވަނީ ސަރަހައްދު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި އީރާނަށް ޑްރޯންތަކެއް ފޮނުވާފައެވެ. އަދި ހޫނުކަމުގެ އަސަރެއް ފެނިފައިވާކަމަށް ބުނަނީ އެ ސަރަހައްދުގެ ހުޅަނގުއުތުރުން ކަމަށާއި ސަލާމަތްކުރުމަށް މަސައްކަތްކުރާ ޓީމުތަކުން މައުލޫމާތުގެ މައްޗަށް ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ތަވީލް ކިޔާ ސަރަހައްދަކުން ވެއްޓިފައިވާ ހެލިކަޕްޓަރުކަމަށް ބެލެވޭ ހޫނުކަމުގެ އަސަރެއް ފެނިގެން ޓީމުތަކުން ހަރަކާތްތެރިވަމުންދާއިރު އެ ގައުމުގެ ރެޑް ކްރެސެންޓުގެ ބެލުމުގެ ދަށުން އެކަނިވެސް 40 އަށް ވުރެ ގިނަ ޓީމު އެބަ ހަރަކާތްތެރިވެއެވެ. އެހެންނަނަމެވެސް މޫސުންގޯސްވުމުގެ ސަބަބުން މަސައްކަތްތަކުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި ޑްރޯންތަކުން ހިއްސާރަކުމުންދާ ވީޑިއޯތައްވެސް ނުސާފުވުމަށް ދިމާވެފައިވާކަމަށް ބުނެފައިވެއެވެ.

އީރާނުގެ ރައީސް ދަތުރުކުރައްވަމުން ގެންދެވި ހެލިކަޕްޓަރު ވެއްޓިފައިވާކަމަށް ރިޕޯޓުކުރެވިފައިވަނީ މޭ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ކޮށްފައިވާ ބައެއް ރިޕޯޓުތަކުގައި އެ އުޅަނދު ކުއްލި ގޮތަކަށް ޖައްސަން ޖެހިގެން ޖެއްސީކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔައިރު ކާރެއްގައި އިންނެވިކަމުގެ މައުލޫމާތުވެސް ބައެއް ފަރާތްތަކުން ދައުރުކުރަމުންދިޔައެެވެ. މި ދަތުރުގައި ފޮރިން މިނިސްޓަރުގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އޮފިޝަލުންނާއި ބޮޑީގާޑުންވެސް ބައިވެރިވިކަމަށް އީރާނުގެ މީޑިއާތަކުންވަނީ ކަށަވަރުކޮށްދީފައެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 69%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: