ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުކޮށްގެން އެމްޑީޕީން ކުރި މަސައްކަތެއް ފެންނާކަށް ނެތް: އިއްސެ

ޕީއެންސީ ހަރުގެ ޖަލްސާ ތެރެއިން މެމްބަރު ނިޒާރު ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިންތިހާއަށް ދަރަނިވެރިކޮށް، އެމްޑީޕީން ޗާޕު ކުރި ފައިސާއަށް އެ ޕާޓީގެ ވެރިކަމުގައި ގެނެވުނު ބަދަލެއް ފެންނާން ނެތްކަމަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން އިސްމާއީލް ވިދާޅުވީ، މިއަދު ރާއްޖެ އޮތް ހާލަތު އެންމެނަށްވެސް އެނގޭނެކަމަށާއި މި ހާލަތު މެދުވެރިވީ ސަބަބު ވެސް އޮތީ ހާމަކޮށް ފެންނަން ކަމަށެވެ. އިސްމާއިލް ވިދާޅުވީ ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރު މީޑިއާތަކުން ރިޕޯޓު ކުރުމުން އެއީ އަސްލެއް ނޫންކަމަށް ދެއްކުމަށް އެމްޑީޕީން މަސައްކަތް ކުރިކަމަށެވެ. އެކަމަކު ސޯޝަލް މީޑިއާގައި އެ ހަބަރުތަކުގެ ތެދު ދޮގު ފެންނަން ހުރިިކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ މިހާރުގެ ހާލަތު މެދުވެރިކުރުވުމަށް ފަހު ނުކުމެ ކަންކަމަށް ފާޑުކިޔުމަކީ އިހުލާސްތެރިކަމާއިއެކު ކުރާ މަސައްކަތްތަކެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނާއި ގުޅުވައި އެ ޕާޓީން ދައްކަމުން ގެންދާ ވާހަކައިގައި އިހުލާސްތެރިކަމެއް ނެތްކަމަށެވެ.

މިސާލެއްގެ ގޮތުގައި، ބޮޑު އަދަދަކުން ދަރަނިވެރިވެފައިވާ ފެނަކަ ނަންގަވައި އިސްމާއީލް ވިދާޅުވީ އެ ކުންފުނި އެއީ އޮޅިގެން ކުރެވުނު ކަމަކަށް ނުވާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު ގަނޫނުތަކާއި ގަވައިދުތައް ސަސްޕެންޑުކޮށްގެން ފައިސާ ޗާޕުކޮށްގެން ކުރި މަސައްކަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ، އެގޮތަށް ދަންނަވަނީ އެ ފައިސާތައް ބޭނުންކޮށްގެން ފެނަކަ ފަދަ ކުންފުނިތަކުގައި ހުރި ދަރަނިތައް އަދާކުރިނަމަ، ޖެނެރޭޓަރުތައް އޯވާހޯލް ކުރި ނަމަ މިއަދު ސަރުކާރުން ކުރަމުންދާނީ އެހެން މަސައްކަތްތަކަކަށް ވުމެވެ. އަދި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެގެން ޖެހެނީ ޖެނަރޭޓަރުތައް އޯވާހޯލް ކުރަންކަމަށާއި މެއިންޓެނެންސް އާއި އަޕްގްރޭޑިންގް މަސައްކަތްތައްވެސް ކުރަންޖެހިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރެވިފައިނުވާކަމަށާއި މި ސަރުކާރުން ހަވާލުވެ މަޖިލީހުގެ އަގުލަބިއްޔަތު ހާސިލުކުރެވުނު އިރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ނުލިބުންކަމަށެވެ.

އިސްމާއީލް ވިދާޅުވީ، އެއީ އެ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވިކަން އެނގިގެން އޭގެ ޒާތުގައި ހުއްޓުނީ ނޫންކަމަށާއި އެ ނިޒާމުގައި އެފަދަ އިންޓެލިޖެންސެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: