ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކުތަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރެއް ގާއިމު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ފުލުހުންގެ ބައެއް އިސްވެރިން - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޭމްތައް ހުއްޓުވުމަށްޓަކައި ބޭންކުތަކާ ގުޅިގެން ފުލުހުންގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ފުލުހުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފުލުހުން ހާޒިރުކޮށްފައިވާއިރު އެ ކޮމިޓީ ބައްދަލުވުމުގައި ފުލުހުންގެ ހަތަރު އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންނާ ގުޅޭ ޕްރެޒެންޓޭޝަނަށް ދީފައިވެއެވެ.

އެ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން، ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ އެ ސެންޓަރުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ސްކޭމްގެ މައްސަލައެއް ފުލުހަށް ހުށަހެޅުމާއެކު މައްސަލަ ހުށަހަޅާ މީހަކު އިތުރަށް ޝިކާރައަކަށް ނުވާނެ ގޮތަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން ކަމަށެވެ.

ޝިފާން ވިދާޅުވީ މައްސަލަ ހުށަހަޅާ ހިސާބުން ރިއަލް ޓައިމްގައި ބޭންކުތަކާ ވާހަކަ ދައްކައިގެން އިތުރަށް އެ މީހަކު ސްކޭމްގެ ޝިކާރައަށް އިތުރަށް ނުވާނެ ގޮތަކަށް ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ތެރޭގައި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅަންފަށާނެ ކަމަށެވެ. 

މިހާރުގެ ހާލަތު ކިޔައިދެއްވަމުން ޝިފާން ވިދާޅުވީ މިހާރު މައްސަލައެއް ހުށަހެޅުމާއެކު ބޭންކަށް ސިޓީއެއް ފޮނުވައިގެން ނުވަތަ އެކަމާ ގުޅުން ހުރި މައުލޫމާތު ހޯދުމަށްފަހު އެކައުންޓުތަކާއި އެފަދަ މައްސަލަ ބަލާ ހިސާބަށް ދާއިރު އެކައުންޓުގައި ފައިސާ ނުހުންނަ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ އެންމެ ބޮޑު ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ މައްސަލައަކީ އެއީ ކަމަށެވެ. އެގޮތުން، ސްކޭމްގައި ރައްޔިތުން ޖެހިގެން ގެއްލޭ ފައިސާ އާއި އެންމެ އާދައިގެ ނިކަމެތި މީހާ އަތުން ގެއްލޭ، ފައިސާ އަދި ފޮރުވާ ފައިސާ ގެއްލުމަކީ ވަރަށް ބޮޑު އަދި ވަރަށް ސީރިއަސް މައްސަލައެއްް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ފުލުހުންގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން ވަނީ އެކުލަވާލާފައެވެ. އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތައް ޖުލައި މަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް، ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައެވެ.

އޭގެ އިތުރުން ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމު ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: