ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯޓިހަކާ ނުލައި ނުގަވާއިދުން ބިދޭސީން ހިންގާ ސައިޓުތައް ބެލުމުގެ ބާރު ދެނީ

ހުުޅުމާލެ ފޭސް 1 ގައި ކުރިއަށް ދިޔަ ރޭޑް އޮޕަރޭޝަނުގައި 8 ބިދޭސީން ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ވާރކްސައިޓުތައް ކަމަށް ބެލެވޭ ތަންތަން ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުކައި އެ ސައިޓުތަކަށް ވަދެ، ބަލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫރު ހުށަހެޅުއްވި އެ ބިލުގައި ބުނީ ބިލު ހުށަހަޅާފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ކަމަށެވެ، އަދި އެ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުުމަށްޓަަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ،

އިސްލާހުގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތޯ ނުވަތަ އެފަދަ ބިދޭސީން ވަޒީފާ އަދާކުރަނީ ހުއްދަ ކޮށްފައިވާ ވަޒީފާގައިތޯ ބަލައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ސައިޓުތައް ފާސްކުރެވިދާނެ ކަމަށެވެ.

ބިލުގައިވާ ގޮތުން އެ މާއްދާގެ ދަށުން ބަލައި ފާސްކުރުމެއް ހިންގަންވާނީ އެ ސައިޓަކީ ގަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރާ ކަމަށް ބެލެވޭވަރަށް އެކަށީގެންވާ ސަބަބުތައް ހުންނަ ހާލަތްތަކުގައެވެ. އޭގެ އިތުރުން ގަވާއިދުގައިވާ ކަމާގުޅޭ އިޖުރާއަތުތައް ވެސް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ބިލުގައި ފާހަގަކުރެއެވެ.

އެފަދަ ސައިޓުތައް ބެލުމުގައި ހަރަކާތްތެރިވާނީ މިނިސްޓްރީން ކަނޑައަޅާ ވަކި އިންސްޕެކްޓަރުން ކަމަށާ ކޮންމެ އިންސްޕެކްޓަރެއްގެ ކިބައިގައި އޭނާއަކީ އެކަމަށްޓަކައި އައްޔަނު ކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ވެސް އޮންނަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މެންބަރު ހުށަހެޅުއްވި އިސްލާހުގައި ބުނީ އެ އިންސްޕެކްޓަރުންނަށް އެ ތަންތަނާ ގުޅޭގޮތުން ބައެއް ކަންކަން ކުރުމުގެ ބާރު ލިބޭ ކަމަށެވެ. އެގޮތުން ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުލައި އެ ސައިޓުތަކަށް ވަދެވިދާނެ ކަމަށް ބިލުގައިވެއެވެ. އަދި އެ ސައިޓުގައި ތިބޭ މީހުންނާ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުމާއެކު އެ ސައިޓަކާ ގުޅުންހުރި ރެކޯޑުތަކާ ލިޔުންތައް ބަލައި، ކޮޕީ ހެއްދުމާ އެ ތަންތަނުގައިވާ ތަކެތީގެ ފޮޓޯ ނެގުމުގެ ބާރު ދީފައިވެއެވެ.

އަދި ކަމާ ގުޅޭގޮތުން ހޯދަންޖެހޭ އިތުރު މައުލޫމާތު ހޯދުމުގެ ބާރުވެސް މި ބިލު ފާސްވުމާއެކު ލިބޭނެއެވެ.

އޭގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހުމާލުވާ ނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ކަމާ ބެހޭ ފަރާތްތަކަށް ލިބޭ ގޮތަށް ވެސް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: