ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހު އޮތީ މަޖިލީހުގެ ބާރު ކެނޑޭ ގޮތަށް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ބާރު ބައެއް ކަންކަމުގައި ކެނޑިގެންދާ ކަހަލަ ގޮތަކަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ ހުށަހަޅާފަހުރި އިސްލާހުތަކަށް ބަލާލާއިރު ބައެއް މުހިއްމު އިސްލާހުތައް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ކުރިން، ވަކި ގައުމަކުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެވޭ އަދަދު ކަމުގައި އެއްލައްކަ މީހުންނަށް ވުރެ ގިނައިން އެތެރެ ނުކުރެވޭ ގޮތަށް އޮތް އޮތުން އުވާލައި، އެ އަދަދު ގަވާއިދެއްގެ ތެރެއިން ބޭނުން މިންވަރަކަށް އިތުރުކުރެވޭ ގޮތަަށް އެ ޖާގަ ހުޅުވާލުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އަނެއް ކަމަކަށް މި ބިލުގައި ފާހަގަކޮށްފައި މި ވަނީ ކޯޓާ ފީގެ ގޮތުގައ މީގެ ކުރީގައި ދެހާސް ރުފިޔާ ވޯކް ޕާމިޓްގެ ގޮތުގައި 350 ރުފިޔާ ގާނޫނުން ކަނޑައަޅާފަ އޮތް އޮތުން ގަވާއިދުން ބަދަލު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެވިފަ އޮތް ކަން. އޭގެ މާނަޔަކީ ކުރިއަށް އޮތް ތަނުގައި ކޯޓާ ފީ 2،000އަށް ވުރެ ބޮޑު ކުރުމުގެ ފުރުސަތު ގަވާއިދުގެތެރެއިން އެ ފުރުސަތު ދީފިކަމުގަ ވާނަމަ މިނިސްޓްރީއަށް ލިބިގެން ދާ ކަން. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަމެއްގައި ކެނޑިގެންދާ ކަހަަލަގޮތަކަށް މި އިސްލާހު އޮތް ކަމުގަ އަޅުގަނޑު ދެކެން. އަދި ހަަމަ އެހެންމެ ވޯކް ޕާމިޓް ފީ 350 ރުފިޔާ ގާނޫނުން ކަނޑައެޅިގެން ބަޔާންކޮށްފަ އޮއްވާ އެ އަދަދުވެސް ގަވާއިދުން އެ އަދަދު ބަދަލު ކޮށްލީމާ އަދަދު ބޮޑު ކުރުމުގެ ފުރުސަތު އެ ވުޒާރާއަކަށް ލިބިގެންދާ ގޮތަށް އޮތްކަން.

މެންބަރު ވިދާޅުވީ ބިދޭސީންނާ ގުޅިގެން ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފީތަށް ވިޔަފާރިތަކުން ނުދައްކާ ސަބަބަކީ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ސަރުކާރުންނާ ކުންފުނިތަކުން ނުލިބޭތީ ކަމަށެވެ. އެކަން މިހެން އޮއްވާ ކޯޓާ ފީ އަދި ވޯކް ޕާމިޓް ފީ އިތުރަށް ބޮޑު ކޮށްފިނަމަ ވިޔަފާރިތަކަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަން މެންބަރު ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ މިއަދު ބިދޭސީން ގިނަވެ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަން ޖެހޭ އެންމެ މައިގަނޑު ސަބަބަކީ އެކި ދާއިރާތަކުގެ ވަޒީފާތަކަށް އެކަށީގެންވާ ވަރަށް ދިވެހިން ނެތުން ނުވަތަ ތަމްރީނު ކުރެވިފަ ނެތުން ނުވަތަ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދެވިފައި ނެތުން ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރާއިރު އެއީ އެމީހުންގެ ގައުމުތަކުގައި އެކަށީގެންވާވަރުގެ ވަޒީފާ ނެތުމުގެ ސަބަބުން އެމީހުންގެ އާއިލާގެ ބަނޑުފުރާނަމުއްތިކުރުމަށް އާމްދަނީ ހޯދަން އަންނަ މީހުން ކަން އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭގެ އިތުރުން މެންބަރު ވަނީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމަށްވެސް ގޮވާލާފައެެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ކަމަށް އެ ބިލު ހުށަހެޅުއްވި މެންބަރު ދާއޫދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: