ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮތީ ރައްޔިތުންގެ މަޖިލީހެއް ނޫން، ރައީސްގެ މަޖިލީހެއް: ކުޑޫ

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އޮތީ ރައްޔިތުންގެ މަޖިލީހެއް ނޫންކަމަށާއި އެއީ ރައީސުލްޖުމުހޫރިއްޔާގެ މަޖިލީހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (ކުޑޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، ދައުލަތެއްގެ އެންމެ އަސާސީ ސިފައަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތުމާއި އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ ޖަވާބުދާރީކުރުވުންކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ރައްޔިތުންގެ ކަންކަމުގައި އެއްވެސް ފަރާތަަކަށް ފަރުވާކުޑަކޮށްލުމަށް ފުރުސަތު ނުދިނުންކަމަށާއި އިހުމާލުތައް ހުއްޓުވުންކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށެވެ. އެހެންނަމަވެސް އަދުގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ގުރޫޕަށް އެ ދެ މަސައްކަތް ކުރުމުގައިވެސް ބޮޑެތި ހުރަސްތައް ހުރިކަމަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ ޖަލްސާގެ އެޖެންޑާ ލިބެނީ އޮންނަ ދުވަހުގެ ކުރީ ރޭ ދަންވަރުގެ ވަގުތުގައިކަމަށެވެ. އަދި ބަހުސް ކުރާއިރުވެސް އެތަކެއް ދުއްތުރާތަކެއް ޕީއެންސީގެ ފަރާތުން މަޖިލީހުގެ ތެރެއިން ކުރިމަތިވެގެން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިމާވާ ދަތިތަކުގެ ސަބަބުން މެމްބަރުނަށް ގާނޫނީ ޒިންމާ އަދާކުރުމަށްވެސް ހުރަސްތައް އެޅިގެންދާކަމަށާއި މިހާރު އޮތީ ރައްޔިތުންގެ މަޖިލީހެއް ނޫންކަމަށް ސިފަކުރެއްވިއެވެ. އިބްރާހިމް މުހައްމަދު ވިދާޅުވީ، މިހާރު އޮތީ ރައީސުލްޖުމުހޫރިއްޔާގެ މަޖިލީހެއްކަމަށާއި މި މަޖިލީހަކީ ރަބަރު ސްޓޭމްޕު ޖަހާ މަޖިލީހެއްކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ މެމްބަރުން އަމިއްލަ ދާއިރާތަކަށާް އެއްވެސް ކަމެއް ނުކޮށްދޭކަމަށެވެ. އަދި އެއްވެސް ކަމެއް ނުކުރާއިރު އެމްޑީޕީގެ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ކޮށްދޭން އުޅޭ ކަންކަމަށްވެސް ހުރަސްއަޅަންޏާ އެކަމުގެ ސަބަބުން ހަނާވަނީ ރައްޔިތުންކަމަށް ވިދާޅުވިއެވެ. އަދި ގޯތީގެ ބޭނުން ޖެހިފައިވަނީ ވަކި ދާއިރާއެއްގެ ރައްޔިތުންތޯ ވެސް ހިތަށް އަރާކަމަށް އިޝާރާތްކުރެއްވިއިރު، މެމްބަރު އިބްރާހިމް ވަނީ ރައްޔިތުންގެ ހައްގުގައި ދެންވެސް މަސައްކަތްކުރާނީ އެމްޑީޕީއިންކަން ޔަގީންވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: