ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލާގައި ދަޢުވާ ކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި ޝަމީމަށް ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން އޭނާގެ އަތުގައި ޖެހުމުން، އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފައެވެ.

ޕީޖީން މި މީހުންނަށް ކުރާ ދައުވާ އާއި ސަބަބުވެސް ވަނީ ބަޔާންކޮށްފައެވެ. ޕީޖީ އޮފީހުން ދައުވާ ކުރުމަށް ނިންމާފައިވަނީ ރ. އަލިފުށި، ރިވެލި، މިދުޙަތު އާދަމްގެ މައްޗަށާއި، ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުޙައްމަދު ޖަޒްލާންގެ މައްޗަށާއި، ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމްގެ މައްޗަށާއި، ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފްއާއި، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިންއާއި، ތ. ދިޔަމިގިލި، ރުވާ، އަބާން ޢަބްދުލްހަންނާނުއާއި، އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަޞީރުގެ މައްޗަށެވެ. މި އެންމެންގެ މައްޗަށްވެސް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅޭ ކަމުގެ ދައުވާއެވެ.

މީގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ.

ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށްފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.

ހަތް މީހުންގެ މައްޗަށް ވެސް އުފުލީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ. އެ ހަތް މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: