ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްއެއްގައި ޒަހަމްތަކަކާއި އެކު އޮތް މީހަކަށް އައިސީޔޫގައި ފަރުވާދެނީ

އައިޖީއެމްއެޗް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރުގައި ހުރި ގެސްޓްހައުސްއަކުން ޒަހަމްތަކަކާއި އެކު އޮތް މީހަކު ފެނި، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގެސްޓްހައުސްއެއްގެ ކޮޓަރިއެއް ނަގައިގެން އުޅުނު މީހެއްގެ ހަބަރެއް ނުވާކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި އޭނާ ޒަހަމްތަކަކާއި އެކު ފެނި، ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ އެއީ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށެވެ.

ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައި ނުވެ އެވެ. އަދި ފުލުހުން ވަނީ އެ ގެސްޓްހައުސްގައި ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: