ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ 6076 ބިދޭސީން ފުރުވާލެވިއްޖެ: ރައީސް

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

17 ނޮވެންބަރ 2023 އިން ފެށިގެން މިއަދާހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6076 ބިދޭސީން ފުރުވާލެވިފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ބޭރު ފައިސާގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީވެސް އެ މައްސަލަކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް، ދިވެހިރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށް ސަރުކާރުން ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އެއީ އެފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު ބައޯމެޓްރިކްސް ނެގުމަށް ”އޮޕަރޭޝަން ކުރަނގީގެ“ ނަމުގައި 2 މޭ 2024 ގައި ފަށާފައިވާ އޮޕަރޭޝަނެވެ. 

ރައީސް ވިދާޅުވީ، މި އޮޕަރޭޝަން ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަގުތު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބައެއް ތަފާސްހިސާބުތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު އޮޕަރޭޝަން ކުރަނގިން އެއްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު ވަނީ އޮޕަރޭޝަން ކުރަނގިން އެއްކުރެވިފާ. މީގެ އިތުރުން، 17 ނޮވެންބަރ 2023 އިން ފެށިގެން މިއަދާހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6076 ބިދޭސީން ވަނީ ފުރުވާލެވިފާ.

މީގެ އިތުރުން، 17 ނޮވެންބަރ 2023 އިން ފެށިގެން މިއަދާހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6076 ބިދޭސީން ފުރުވާލެވިފައިވާކަން ފާހަގަ ކުރައްވަައި ރައީސް ވިދާޅުވީ، އޭގެ ކުރީ 5 އަހަރު ފުރުވާލާފައިވަނީ 2649 ބިދޭސީން ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ، 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 24،540 ބިދޭސީން ރެގިއުލަރައިޒްކުރެވިފައިވާ ކަމަށެވެ. އޭގެ ކުރީގެ ފަސް އަހަރު 2018 އިން 2023 އަށް ރެގިއުލަރައިޒް ކޮށްފައިވަނީ 21425 ބިދޭސީންނެވެ.

މި ކަންކަމުގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ”އިމިގްރޭޝަން ވޮޗް“ ތަޢާރަފުކުރެވި، މިހާތަނަށް އިމިގްރޭޝަން ވޮޗްއަށް 1297 މައްސަލަ ހުށަހެޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަ ކުރެއްވި ގޮތުގައި މީގެތެރެއިން ނުނިމި އޮތީ 11 މައްސަލައެވެ. 

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ގަވައިދާއި ހިލާފަށް އުޅޭ މީހުން ހޯދައި އެ މީހުން ފުރުވާލުމުގެ މަސައްކަތުގެ ތެރެއިން މިހާތަމަށް ގިނަ ތަންތަން ބަލާ ފާސްކޮށްފައި ވެއެވެ. އަދި އިމިގްރޭޝަނުގެ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެފަދަ މައްސަލަ ހުށަހެޅޭނެ ވަސީލަތެއް ގާއިމުކޮށްފައި ވާތީ އާންމުންގެ ފަރާތުން ލިބޭ ރިޕޯޓުތަކުގެ މައްސަލަ އިމިގްރޭޝަނުން ދަނީ ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: