ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބޮޑެތި ފޭރުންތަކުގައި އަލް ގައިދާގެ އަތް!

ހަނގުރާމައަށް ދިޔަ ބައެއް ދިވެހިން. މަރުތައް ބަލާ ކޮމިޝަނުން ބުނަނީ ފޭރުންތަކާއިވެސް އަލް ގައިދާއާއި ގުޅުން އޮންނަ ކަމަށް. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގަތީ، ހަރުކަށި ދީނީ ފިކުރުގެ އިސްލާމިކް ސްޓޭޓް އައިއެސްއަށް ނިސްބަތްވާ މީހުން ކަމަށް، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މި އަހަރު ކުރީކޮޅުގައި ބޮޑެތި ފޭރުންތަކެއް މާލޭގައި ހިންގައިފައިވާއިރު، ފުލުހުންނަށް ވަނީ އެ ފައިސާ ހޯދޭގޮތް ނުވެފައެވެ.

މި އަހަރުގެ ކުރީކޮޅު މާލޭގައި ކައިރިކައިރީގައި ހިނގައިދިޔަ ބޮޑެތި ފޭރުންތަކުގެ ތެރެއިން މަސް ކުންފުނި އެންސިސްގެ 2.3 މިލިއަން ރުފިޔާ އާއި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިފައިވެއެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ރިޔާސީ ކޮމިޝަނަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރައްވަމުން ސުއޫދު ވިދާޅުވީ އައިއެސްއަށް ނިސްބަތްވާ މީހުން މާލޭގައި ވައްކަންތައް ހިންގަމުން ދާކަމަށާއި އަދި އެމީހުންނަކީ މާލޭގައި ތަފާތު އެކި ވިޔަފާރިތައް ވެސް ކުރާ މީހުންކަމަށެވެ. އޭގެ ތެރޭގައި ތަރުކާރީ މޭވާގެ ވިޔަފާރި، މަސްވެރިކަމުގެ ވިޔަފާރި، އަދި ފޮތި ފިހާރަތައް ހިންގުން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމީހުންނަކީ ވައްކަންވެސް ކުރާ ބައެއްކަން ފާހަގަކޮށް ސުއޫދު ވަނީ އޭގެ ތެރޭގައި ބީއެޗްއެމްގެ ބޮޑު ފޭރުމާއި އެފަދަ އެހެން ވައްކަންތައް ވެސް ހިމެނޭ ކަމަށް ފާހަގަކުރައްވާފައެވެ.

ސުއޫދު ވިދާޅުވީ އެ ފައިސާ އެ މީހުން ފަސް ބަޔަކަށް ބާހާލުމަށްފަހު އެއްބައި ފޮނުވަނީ އިސްލާމިކް ސްޓޭޓަށްކަމަށެވެ.

ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ، ޖަބްހަތުއްނުސްރާ، ރާއްޖޭގެ ގޮފީގެ ފައިނޭންސްގެ ކަންކަން ހަމަޖައްސަނީ އައްޑު އަތޮޅުގައި ހުރި މީހެއް ކަމަށާއި އެ ޖަމާއަތްތަކަށް ހަރަދު ކުރުމަށް ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އޭގެ ވަނަވަރު ހާމަނުކޮށް ސުއޫދު ވިދާޅުވީ ކޮމިޝަނަށް އޭނާގެ ނަމާއި އޭނާއާ ގުޅޭގޮތުން ހެކިވެސް ލިބިފައިވާ ކަމަށެވެ.

އެ ފައިސާ ބަހާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވާމީހާގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ އެ ޖަމާއަތްތަކުގެ ނުރައްކާ ހީކުރާ ވަރަށްވުރެ ބޮޑު ކަމަށެވެ.

 ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދު މަރާލާފައިވަނީ އެފަދަ ޖަމާއަތްތަކުން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވަނީ އެ ބައްދަލުވުމުގައި ނޫސްވެރިޔާ ރިލްވާން ޑިންގީއެއްގައި ގެންގޮސް ދާގަނޑެއް އޮޅާ މަރާލާފައިވާކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: