ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިޚް ހުސެއިން ރަޝީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

ޝެއިޚް ހުސެއިން ރަޝީީދު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކެޓްރީގެ މަގާމަށް ޝެއިޚް ހުސެއިން ރަޝީދު އަހުމަދު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގެ މަގާމެކެވެ. ރައީސް ސާލިހް، ޝެއިޚް ހުސެއިން ރަޝީދު އައްޔަންކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.

ޝެއިޚް ހުސެއިން ރަޝީދަކީ އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސްއެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. ހުސައިން ރަޝީދު ވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވިލިމާލެ ދާއިރާއަށް ވާދަކޮށް ނާކާމިޔާބު ވެފައެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމަށް ޝެއިހް ހުސައިން ރަޝީދު އައްޔަން ކުރެއްވިއިރު، އެ މިނިސްޓްރީގައި އެ މަގާމުގައި ދެބޭފުޅުން ތިއްބަވައެވެ. އެއީ އަމީން ޖާވިދު ފައިސަލް އާއި އަހުމަދު ޝިއާން އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: