ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިމާ ގެއްލުނު މައްސަލައަކީ ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން: ސުއޫދު

މަރުތަކާއި ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު: ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލ.ފޮނަދޫ އިން މާމެންދޫ އަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީއާއެކު ގެއްލުނު މާމެންދޫ އައިމިނަތު ޝިމާ ނާފިޒް ގެއްލުނު މައްސަލައަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް، ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ ޝިމާ ގެއްލުނު މައްސަލަ، މަރުގެ ކޮމިޝަނުން ބަލައިދޭނެ ކަމަށް އުންމީދު ކުރާކަމަށް، ޝިމާގެ ހައްގުގައި މީސް މީޑިއާގައި ވަކާލާތުކުރަމުން އަންނަ އާންމު ފަރާތަކުން ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އެފަރާތުން ބުނެފައިވަނީ، ޝިމާ ގެއްލުނު ހާދިސާ އާއި ގުޅިގެން އާއިލާއިން ސުވަލު އުފައްދާ ކަންކަން އެބަހުރި ކަމަށާއި، އެހެންކަމުން އެ އާއިލާއިން ޝިމާއަށް ވީގޮތެއް ބަލަން ބޭނުންވާ ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި ސުއޫދު ވިދާޅުވީ، ޝިމާ ގެއްލުނު މައްސަލަ ތަހުގީގު ކުރުމަކީ މަރުތަކާއި ބެހޭ ކޮމިޝަންގެ މެންޑޭޓުގައި އޮތްކަމެއް ނޫންކަމަށެވެ.

ޝިމާ ގެއްލުނީ އޭނާގެ އުމުރުން 19 އަހަރުގައެވެ. ޝިމާ ދަތުރުކޮށްފައިވަނީ، އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާއި އެކު ޑިންގީއެއްގައި މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގައެވެ.

އެ ދުވަހުން ފަށައިގެންވެސް އޭނާ ހޯދުމަށް ކުރި މަސައްކަތް އަދި މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އޭނާ އާއި އެކު ދަތުރުކުރި ފަޒީލަށް ޝިމާ ގެއްލުވާލުމުގެ ތުހުމަތުތަކެެއް ކުރެވުނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: