ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޒާސްޓަރ މެނޭޖްމަންޓުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފި

ޑިޒާސްޓަރ މެނޭޖްމަންޓުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފި. ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފިއެވެ.

އެންޑީއެމްއޭގެ ފަރާތުން މި ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަދިޔާކޮށްދެއްވީ އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު ރޭ ބަންޑާރަކޮށީގައި ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި، އެންޑީއެމްއޭގެ ފަރާތުން ޑްރޯންތައް ހަވާލުކޮށްދެއްވީ، އެ އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ޙަސަންއާއި، ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް، އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓަރ ޖެނެރަލް ސަފީނާޒްއެވެ.

އެމްއެންޑީއެފްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް ޢަބްދުﷲ އިބްރާހީމްއެވެ.

އެންޑީއެމްއޭއިން ހަދިޔާކުރެއްވި މި ޑްރޯންތަކަކީ، ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާރޗް އެންޑް ރެސްކިޔު (އެސްއޭއާރު) ގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓަރ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަވާލުކުރެއްވި ޑްރޯންތަކެކެވެ.

ޑްރޯންތައް ހަދިޔާކުރުމަށް މިއަދު ބޭއްްވި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންގެ އިތުރުން، އެންޑީއެމްއޭގެ ސީނިއަރ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: