ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދާ، ޔާމީން އަދި އަނަސްގެ މަރުގެ ތަހުގީގު ނިމިއްޖެ

އަނަސް، ޔާމިން، ރައުދާގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ވަނީ ނިމިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް ސަތާރަ ވަަނަ އަހަރުގެ ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް އާއި މަޝްހޫރު މޮޑަލް ރައުދާ އާތިފް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގު ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޔާމީން މަރާލި މައްސަލައިގެ ތަހުގީގު ކޮމިޝަން އިން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދާތީ ހާމަ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އަންނަ މަހު ކުރީކޮޅު ޝަރީއަތްތައް ނިމޭނެ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ނިމުނުހާ އަވަހަކަށް އެ މައްސަލައިގެ ރިޕޯޓު ހާމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަނަސްގެ މަރުގެ މައްސަލާގައި މަރު ކޮމިޝަން އިން ހެދި ރިޕޯޓު ވެސް ނިމިފައިވާކަމަށާއި، އަދި އިތުރު ދެ މީހަކާއި ސުވާލު ކުރުން ކުރިޔަށް ގެންދަންޖެހޭތީ އެ މައުލޫމާތުތައް ފަހުން އާއްމު ކުރައްވާނެކަމަށް ރައިސް ވިދާޅުވި. އޭގެ އިތުރުން ރައުދާގެ މަރުގެ މައްސަލަ ވެސް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.

ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ރައުދާގެ އާއިލާއިން ވަނީ އެކަން ގަބޫލު ކުރުމަށް ދެކޮޅު ހަދާ، ފުލުހުންގެ އިހުމާލު މައްސަލައިގައި ވާކަމަށް ބުނެފައެވެ.

ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުތެރޭގައި އަނަސް މަރާލާފައި ވަނީ ގުރޫޕަކުން އައިސް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ. އަނަސްއަކީ މީދޫއާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީގެ ކައްޕިއެވެ. އަދި އެދުވަހު އޭނާ މަރާލާފައިވަނީ އެދުވަހު މާލެއައިސް އުޅެނިކޮށެވެ. ފުލުހުން ބުނެފައި ވަނީ އަނަސް މަރުވެފައި ވަނީ އެ ހަމަލާއާ ގުޅިގެން ލިޓަސް ގަރާޖު ތެރެއަށް ވެއްޓި، އެތަނުގައި އޮވެ އޭނާގެ ހަރަކާތް ހުއްޓެމުން ގޮސް ކަމަށާއި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާލާފައިވާ ކަމަށެވެ. އަނަސް ލިޓަސް ގަރާޖު ކައިރިއަށް ދިޔައީ އެތަނަކީ އޭނާ ކުރިން މަސައްކަތް ކޮށްފައި ވާ ތަނަކަށް ވާތީ އެތަނުގައި ތިބި ރަހުމަތްތެރިންނާ ބައްދަލުކޮށްލަން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: