ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަމަށް ނޫރުބާން އިންތިޚާބު ކޮށްފި!

: ފޮޓޯ މީސް މީޑިއާ މިއަދު ބޭއްވުނު ބާ ކައުންސިލްގެ ބައި އިލެކްޝަނުގައި ނޫރުބާން ފަހުމީ ވޯޓު ލައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ބާ ކައުންސިލްގެ ބައި އިލެކްޝަން ނޫރުބާން ފަހުމީ ކާމިޔާބު ކުރައްވައިފިއެވެ.

މިއަދުގެ ވޯޓުގެ ނަތީޖާގައިވާ ގޮތުން އެ މަގާމު ކާމިޔާބު ކުރެއްވި ނޫރުބާނަށް 101 ވޯޓު ވަނީ ލިބިވަޑައިިގެންފަ އެވެ. އޭނާއާ ވާދަކުރެއްވި އަބްދުލްސަލާމް އާރިފަށް ލިބިވަޑައިގަތީ 97 ވޯޓެވެ. ބާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވީ ދެ ބޭފުޅުން އެކަންޏެވެ.

ބާ ކައުންސިލްގެ  ބައި އިލެކްޝަން ބާއްވަން ޖެހުނީ ކުރިން އެ  މެންބަރު ކަމުގައި ހުންނެވި އައިޝާ ޝަޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން 3:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ އިންތިހާބުގައި 695 ގާނޫނީ ވަކީލަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންވެ އެވެ.

https://twitter.com/MvBarCouncil/status/1177908406394343424?s=19

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: