ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލަ މަޖިލީހަށް ހުށައަޅަނީ!

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ނިންމަވައިފިއެވެ.

އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރަނީ ދުރާލައި ރާވާއިގެން ކަމަށާއި، އަދި އެކަން ހިންގަމުން އަންނަނީ ބޭރުގެ ނުފޫޒާއި އެކުގައި ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ގާނޫނު ނަންބަރު 6/94 އިން މާނަކަމެއްކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ދީނަށް ފުރައްސާރަކުރުން ހުއްޓުވައި އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.

އާދަމް ޝަރީފް މިފަދަ ނިންމެވުމެއް ނިންމަވާފައި މިވަނީ ހައްދު ފަހަނައަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުން އަންނަ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ގުރުއާނާއި ރަސޫލާ ސއވ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން އާންމުންގެ ރުޅިވެރިކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެެވެ.

https://twitter.com/Adamshareefz/status/1180173573157052416

މި މައްސަލައިގައި އެ ޖަމްއިއްޔާ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން އުވާލަން ޖެހޭ ކަމަށާއި، ލަސްނުކޮށް އެ ޖަމިއްޔާއާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ގޮވާލައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ޓްވީޓު ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ، އިސްލާމް ދީނަށާއި މާތް ރަސޫލާ ސއވ އަށް ފުރައްސާރަކޮށް ރާއްޖޭގެ ދީނީ ވަހުދަތު މުގުރާލަން އުޅޭ އެމްޑީއެން، ޖަމިއްޔާތަކާއި ބެހޭ ޤާނޫނާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނާއި ޓެރެރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އުވާލަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން ގަސްތުގައި ހުއްޓުމެއްނެތި ހިންގަމުންދާ ހަރަކާތްތަކާމެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

https://twitter.com/Mohamedshaheem1/status/1180138877425737728

މީގެ އިތުރުން ސަރުކާރުގެ މަތީ މަގާމްތަކަށް އައްޔަންކޮށްފައިވާ އެ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުން ވަކިވެސް ކުރަން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: