މާލޭގެ ވެސްޓް ސަރައްހަދުގައި ބަހައްޓާފައިވާ ގާޑިއާތަކުގެ ސާފުތާހިރުކަން އިންތިހާއަށް ކުޑަވުމުގެ ސަބަބުން އެތަނުގެ ގަޑިއާތައް މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނަގާ ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ގާޑިޔާތަކުގައި އެކަށީގެންވާ މިންވަރުގެ ސާފުތާހިރުކަމެއް ނެތުމާއި، ކާބޯތަކެތި ގެންގުޅޭ ގޮތުގެ ސަބަބުން އާންމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ދޭތެރެ ދޭތެރެއިން ގަޑިއާތަކުގައި ކާބޯތަކެތި ގެންގުޅޭ ގޮތުގެ ވީޑިއޯތައް ވެސް އާންމުވެއެވެ. ގަޑިއާތަކުގައި އާންމުކޮށް ވިއްކައި އުޅޭ، މީރު ބިލެތްގަނޑާއި، މަސްކާށި ފަދަ ތަކެތި އަޅާފައި ހުންނަނީ އެއްވެސް ސާފުތާހިރު ކެމެއް ނުހުންނަ ތަށިތަކުގެ ތެެރެއަށެވެ. އަދި ބައެއް ގާޑިއާތަކުން ވިއްކާ ކުރުނބާ، އަދި ދިވެހި ބައެއް ދިވެހި އުފެއްދުންތަކަށް މީދާތައް އަރާފައި ހުރުންފަދަ ޝަކުވާތައް ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
ވެސްޓް ޕާކު ސަރަހައްދުގައި ހުރި ގާޑިއާތަކުގެ އިންސްޕެކްޝަންއެއް ހަދާ، އެ ގާޑީއާތަކަކީ ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެކަށީގެންވާ ތަންތަން ނޫންކަމަށް ކަނޑައަޅާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންނެވެ. މިދިޔަ އޮގަސްޓު މަހުގެ އެޗްޕީއޭއިން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަން އާއި ބެހޭގޮތުން ސިޓީ ކައުންސިލް ބުނެފައިވަނީ ވެސްޓް ޕާކު ސަރަހައްދުގައި ގާޑީޔާތައް ބަހައްޓައިގެން ގިނަ މީހުން ވިޔަފާރި ކުރަމުން އަންނަނީ ވަގުތީ ހުއްދައެއްގެ ދަށުން ކަމަށެވެ. އެ މީހުންނާއި ކައުންސިލާއި ދެމެދު އެއްވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށް ވެސް ސިޓީ ކައުންސިލްއިން ވަނީ ބުނެފައެވެ.
އެ ސަރަހައްދުގައި ހުރި ގާޑިއާތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލްއިން ބުނެފައިވަނީ މީގެ ކުރިންވެސް ގާޑިއާތައް ނަގަން އަންގާފައިވާނެ ކަމަށާއި ކައުންސިލްގެ ވިސްނުނަކީ ގާޑިއާތައް ހުރި ސަރަހައްދު ރަސްފަންނާއި ގުޅުވާލުން ކަމަށެވެ. އަދު އެ ގާޑިއާތައް ނުނަގައިފިނަމަ، އެ ކުނީގެ ގޮތުގައި ނައްތާލާނެކަމަށް ވެސް ސިޓީ ކައުންސިލްއިން ވަނީ ބުނެފައެވެ.
ކުރިން ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުރި ގާޑިޔާތައް ވެސްޓް ޕާކް ސަރަހައްދާއި މަސްވެރިންގެ ޕާކު އަދި އައިޖީއެމްއެޗް ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖާ އެކު ރިންގް ރޯޑް އަލުން ހަދައި ހައި ވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުންނެވެ.
37 ގާޑިޔާ މާލޭގެ ހަތަރު ސަރަހައްދަކަށް ބަހާލައި، އެތަންތަނަށް ގާޑިޔާތައް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭރު ގާޑިޔާ ބަހާފައިވަނީ ކާނިވަލަށް 18 ގާޑިޔާ، މަސްވެރިންގެ މައިޒާނަށް 8 ގާޑިއާ، އާސަހަރާ ފުރަގަހަށް 8 ގާޑިއާ އަދި ރަސްފަންނު ކައިރިން އެސްޓީއޯ ހެޑް އޮފީސް ފުރަގަހުގައި އޮންނަ ހަނި މަގަށް 3 ގާޑިޔަލެވެ.