ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑިއަށް ބަދަލުދޭން ޖެހުނީ ރައީސް ސާލިހު ކުރެއްވި ކަމަކުންނެއް ނޫން: އަފީފް

ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި ރިސޯޓަށް ބަދަލު ދޭން ޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދު ﷲ ގެދޮރު ނެތް ފަރާތްތަކާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދޫކުރުމާއި ބެހޭ ގޮތުން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އަފީފުގެ ވާހަކައިގަ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުމަށް ނޫމަޑި ރިސޯޓާއި އެކު ސޮއި ކުރި ކޮންޓްރެކްޓް ބާތިލުކޮށްފައިވަނީ ގަވައިދާއި ހިލާފް ކަމަށް ވިދާޅުވެފައެވެ.

އެ ކުންފުންޏަށް ބަދަލު ދޭން ޖެހުނީ ރައީސް ޞާލިހްގެ ސަރުކާރުން ބަދަލުދިނުމުގެ ނަމުގައި ވައްކަން ކުރާކަމަށް ބުނެ އަޑު ގަަދަ ކުރާ މީހުން ވެރިކަމުގައި ތިބި އިރު ކަންތައް ކުރެއްވި ގޮތުން ކަމަށް ވިދާޅުވެ އަފީފް ވަނީ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުންނަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް އަފީފް ވަނީ އިދިކޮޅު މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކޮންމެ މީހަކުވެސް ބޯހިޔާވަހިކަމެއް ހޯދުމަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ ދިވެހިރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވަނީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ކަމަށެވެ.  އެ ޖަޒީރާ ރަށްތަކުގެ ބޮޑު މިން މާ ދުރަށް ބޮޑު ކުރެވެން ނެތްކަން ފާހަގަކުރައްވާ އަފީފް ވިދާޅުވީ، އެރަށްތަކުން ޖާގަ އިތުރަށް ބޮޑު ކުރާނަމަ ޖެހޭނީ އިމާރާތްތައް ބުރި ބުރިއަށް މަތި މައްޗަށް ނަގަން ކަމަށެވެ.

ނަމަވެސް އުސްކޮށް ގެތައް އިމާރާތް ކުރަން ބަލާއިރުވެސް، ރަށްތަކުގެ ބިމުގައި މާ އުސް އިމާރާތް ހިފަހައްޓާލެވޭނެހާ ވަރު ނެތްކަން އަފީފް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ދެެވެން އޮތްގޮތަކަށް ދިނުން އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: