ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނަން: ރައީސް ސާލިހު

ފުވަމުލަކަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯއްދަވައިދޭނަން-ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވަމުލަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދި ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވަނީ ފުވައްމުލައް ސިޓީގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި ރަށުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކުގައި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ އަދި ކުރިޔަށް ރޭވިފައިވާމަޝްރޫޢުތަކާއި ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ އުމުރާނީ މަސައްކަތްތައް ކުރުމަށް ވެލި ލިބުމުގައި ހުރި ދަތިތަކާއި، ރަށުގެ ސްކޫލުތަކަށް އިތުރު ވަޞީލަތްތައް ބޭނުންވާކަމާއި ތަޢުލީމީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅިގެން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މީގެއިތުރުން ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި މަސްވެރިންނާ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލައާއި ބަނދަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް ޞިއްޙީ ދާއިރާއިން ގެންނަން ބޭނުންވާ ކުރިއެރުންތަކާ ބެހޭގޮތުންނާއި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ވަޞީލަތްތަކާއި ޚިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ ބަނދަރުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ކައުސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ވެލި ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގެ ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހައްލު ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނަށް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: