ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީން ހިމާޔަތް ކުރުމުގެ ނަމުގައި “އެމްޑީއެން ފިކުރުގެ” މީހުންނަށް އިންޒާރުދޭ ފަރާތްތަކުގެ މައްޗަށް ގާނޫނީ ބާރު ހިންގަނީ!

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ބާނީ ޝަހިންދާ އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި މުޖުތަމައު ތެރޭގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދައްކައި އެކި މީހުންނަށް އިންޒާރުދޭ ފަރާތްތަކާއި މެދު ގާނޫނީ ބާރު ހިންގާނެކަމަށް ފޮރިން މިިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއްވެސް ފަރާތަކުން އަނެކާގެ ހައްގަކަށް އުނިކަމެއް ނުވަތަ ގާނޫނު އަސާސީއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެހެނިހެން ހައްގުތަކަށް ހީނަރުކަން އަންނަ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އާންމުންނަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގުތައް ދިފާއު ކުރުމުގައި ސަރުކާރުން ދެމިހުންނާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އެ ހައްގުތައް ބޭނުން ކުރެވޭނީ މުޖުތަމައުގެ މަސްލަހަތު ނުގެއްލޭ ގޮތަށް އަދި، މާތްވެގެންވާ އިސްލާމް ދީނުގެ އިމުގެ ތެރެއިންނެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުތަކަކީ އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) އިން ލިބޭ ހައްގެއްކަން ފާހަގަކޮށް މިނިސްޓްރީއިން ބުނީ އެ މުއާހަދާތަކުގައިވެސް އެ ހައްގުތައް ހޭޓް ސްޕީޗްގެ ގޮތުގައި ނުވަތަ މުޖުތަމައުގެ މަސްލަހަތު ގެއްލޭ ގޮތަށް ބޭނުން ނުކުރެވޭ ކަމަށެވެ.

އެހެން ކަމުން “ފްރީޑަމް އޮފް ސްޕީޗް” ގެ ނަމުގައި ވިޔަސް މުޖުތަމައުގެ ތެރޭގައި ނަފްރަތާއި ދެކޮޅުވެރިކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ މިނިސްޓްރީއިން އިލްތިމާސް ކުރެއެވެ.

ފޮރިން މިނިސްޓްރީއިން މިފަދަ ބަޔާނެއް ނެރެފައި ވާއިރު ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ލިޔެފައި ހުރި މައްސަލައިގައި އެ ޖަމިއްޔާ “ވަގުތީ ގޮތުން” ސަސްޕެންޑު ކުރަން ޔޫތު މިނިސްޓްރީއިން ނިންމާފައިވެއެވެ.

އެމްޑީއެންގެ ފިކުރަށް ނިސްބަތްވާ ފަރާތްތަކާއި ދެކޮޅަށް އާންމުންގެ އެތަކެއް ބަޔަކު ދަނީ ފާޑުކިޔައި އެޖަމްއިއްޔާ މިހާރުން މިހާރަށް ބަންދުކޮށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި “އެމްޑީއެން ފިކުރުގެ” އިސް ފަރާތްތައް މަގާމުން ދުރުކުރުމަށް ގޮވާލަމުންނެވެ. އެފަރާތްތަކުން ބުނަމުންދަނީ ޖަމްއިއްޔާ ވަގުތީ ގޮތުން ބަންދުކޮށްގެން އިތުރަށް ހިންގަންޖެހޭ ތަހުގީގެއް ނެތްކަމަށާއި، އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓުގައި ފާޅުގައި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހުކުމްތަކަށް ގޮންޖަހައި ނަބިއްޔާ ސއވ އަށް ފުރައްސާރަކޮށްފައި އޮތުމުން ޖަމްއިއްޔާގެ ރަޖިސްޓްރީ ބާތިލް ކުރަންޖެހޭ ކަަމަށެވެ.

 

ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސްބަޔާން؛

 

http://www.foreign.gov.mv/index.php/en/mediacentre/news/5268-government-imposes-temporary-cessation-of-activities-upon-maldives-democracy-network

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: