ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ފިކުރާއި ދެކޮޅަށް ދުވާފަރު ރައްޔިތުން ނިކުމެއްޖެ!

ދުވާފަރު ރައްޔިތުން ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މާތްވެގެންވާ އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓް ކުށްވެރިކޮށް، އެ ޖަމިއްޔާ އުވާލަން ގޮވާލާ ރ.ދުވާފަރު ރައްޔިތުން ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ އެ ހިނގާލުމުގައި ވަނީ އެރަށުގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވެފައެވެ. އެ ހިނގާލުމުގައި އެ ރަށު ރައްޔިތުން ވަނީ އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ގޮވާލާފައެވެ.

 

ދުވާފަރު ރައްޔިތުން ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ

މީގެއިތުރުން އެމްޑީއެން އިން ދީނަށް ހަޖޫ ޖަހައި ނެރުނު ރިޕޯޓްގެ ފަހަތުގައިވާ ފަރާތްތައް ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށްވެސް އެރަށު ރައްޔިތުން ގޮވާލިއެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ތައްޔާރުކޮށް މިއަހަރު ފެބްރުއަރީ މަހުގައި އެޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ “ޕްރެލިމަނަރީ އެސެސްމެންޓް އޮފް ރެޑިކަލިޒަމް އިން މޯލްޑިވްސް” ނަމަކަށް ކިޔުނު ރިޕޯރޓާ ގުޅިގެން ގިނަ ޢަދަދެއްގެ ރައްޔިތުން އެޖަމްޢިއްޔާ އުވައިލުމަށް ގޮވައިލާފައިވެއެވެ.

އެރިޕޯޓުގައި ހުރި އިސްލާމްދީނާ ފުށު އަރާ އަދި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޝަޚުޞިއްޔަތަށް ތައުހީނުވާފަދަ ފިކުރުތަކާއި ވިސްނުންތަކާ މެދު ގިނަ ރައްޔިތުން ނުރުހުން ފާޅުކުރުމާ ގުޅިގެން ފުލުހުންވަނީ އެރިޕޯޓާ ގުޅޭ ތަޙުޤީޤެއް ފަށާފައެވެ. އަދި އެތަޙުޤީޤު މުއްދަތައް އެޖަމްޢިއްޔާގެ ހަރަކާތްތައް ޔޫތު މިނިސްޓްރީއިން މެދުކަނޑުވާލައި ޖަމްއިއްޔާ ސަސްޕެންޑް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: