ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދީނާއި ދައުލަތް ވަކިން އޮންނާނީ ސެކިއުލާ ގައުމެއްގައި”

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނާއި ދައުލަތް ވަކިން އޮންނާނީ ސެކިއުލާ ގައުމެއްގައި ކަމަށާއި ރާއްޖެއަށް އެހެން ދީނެއް ގެނައުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ

ދިވެހި ދައުލަތުގެ ބިންގަލަކީ އިސްލާމީ ޝަރީއަތްކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ އިސްލާމް ދީނާއި ސަރުކާރަކީ އަދި ސަރުކާރުގެ ސިޔާސަތުތަކަކީ ވެސް ވަކި ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، އަދި ދީނާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ހައްދުފަހަނަޅައި ދިއުން ކަމަށް ސިފަކޮށް ބައެއް މީހުން ދަނީ ޓްވީޓު ކުރަމުންނެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގައި އަންގަވާފައިވާ ކަންތަކާއި އަދި މާތްވެގެންވާ ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ކަނޑައެޅިގެން ސުވާލު އުފައްދާ މޯލްޑިވިއަން ޑިމޮކްރަސީ ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވަނީ ރިޕޯޓެއް ނެރެފައެވެ.

ގާތްގަނޑަކަށް 125 ސޮފުހާގެ އެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

ރާއްޖެއަށް އެހެން ދީނެއް ގެނައުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ދީނާއި ދައުލަތް ވަކިން އޮންނަނީ ސެކިއުލާ ގައުމުތަކުގައި ކަމަށެވެ. ދިވެހިރާއްޖެއަށް ސެކިލާރިޒަމް ގެނައުމުގެ މަސައްކަތަކަށް ޖާގައެއް ނުދެއްވާނެ ކަން ވެސް އާދަމް ޝަރީފްގެ އެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

https://twitter.com/Adamshareefz/status/1183368423960645638

ބެލެވޭ ގޮތުގައި އާދަމް ޝަރީފްގެ އެ ޓްވީޓު އަމާޒު ކުރައްވާފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެއީ، ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ނެރުނު ބަޔާނާއި ގުޅިގެންނެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާ، އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް މާތް ވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމާއި ފުރައްސާރަ ކުރަން ހިންގާ ކަންކަން ކުށްވެރި ކުރުމާއެކު ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ކަމަށް އެއާއި ވިދިގެން ބުނެފައި ވެއެވެ. އެ ބަޔާނުގައި ގާނޫނާ ހިލާފަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރި ކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރު ދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ހައްދު ފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހުއްޓުވާން ޖެހޭ ކަމަށާއި ޖަލްސާތަކުގަ އާއި، އެކިއެކި ފޯރަމްތަކުގަ އާއި، ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރި ކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ މަސައްކަތް ބަލައި ނުގަންނަ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ އެ ބަޔާނަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. ނަމަވެސް، އެމްޑީޕީން ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދީ ޓްވީޓެއްކޮށްފައެވެ. އެ ޓްވީޓިގައި ބުނެފައިވަނީ ނޫސް ބަޔާނުގައި އެޕާޓީން ދެކޭ ގޮތް ހާމަކޮށްފައި ވަނީ 57 މެމްބަރުން ހިމެނޭހެން ފުޅާ ދާއިރާއެއްގައި އެ މައްސަލައަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ މަޖިލީސް މެމްބަރުން އަދި ޗެއާފަސަން ހަސަން ލަތީފާއި، ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް ބައިވެރިވެ ވަޑައިގެންފައިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: