ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް އެތެރެކުރަން އަލުން ހުއްދަ ދީފި

މާލޭގެ ކެމިކަލް ގުދަނެއްގައި ހިނގައިިޔަ އަލިފާނުގެ ހާދިސާ. ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ާރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ އަލުން ދޫކުރަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާއި ހަމަ އެމަހުގެ 30 ވަބަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރާއްޖެއަށް ކުރައްކާތެރި ކުމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުީ ގޮތުން ހުޓާލި ކަމަށެވެ.

އަދި ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަންކުރުމުގެ ޤަވައިދެއް އެކުލަވާލައި ޝާޢިއު ކުރެވިފައި އޮތުމާއެކު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވާ އެހެން ރަށްރަށުގައި ގުދަންކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަމުން ގެންދެވޭނެ ކަން އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ އަލުން ދޫކޮށްފައިވާއިރު، އެ ހުއްދަ މަޑުޖައްސާލި އިރު މޯލްޑިވްސް ކަސްޓަމްސްގައި ގިނަ އަދަދެއްގެ ކެމިކަލްތަކެއް ނުނެރިވި ގިނަވެފައި ހުރިކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަލިފާންގަނޑު ވަނީ ސަރަޙައްދުގެ ގިނަ ގޭގެއަށް ފެތުރިފައެވެ. މިހާދިސާގައި އެކަކު މަރުވެފައިވާއިރު 786 މީހަކު ވަނީ ހާލުގައި ޖެހިފައެވެ.

އެ ހާދިސާއާއި ގުޅިގެން މާލޭގައި ހުރި ކެމިކަލް ގުދަންތަށް ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެސްޖޭ ކުންފުންޏާއި ހަވާލުކޮށްގެން ގުދަންތަށް އެޅުމުގެ މަސައްކަތް ތިލަފުށީގައި ފަށާފައިވައިރު ފުރަތަމަ އިސްކަންދޭނީ މާލޭގައި އެންމެ ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައިވާ ގުދަންތަކަށާއި އަދި އާންމުން ދިރިއުޅޭ ގެތަކާއި އިންވެގެން ހުރި ގުދަންތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: